Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޯވިޑް19: ލޮކްޑައުން ނިމެންދެން މެލޭޝިއާގައި ހިލޭ އިންޓަަރނެޓް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް މެލޭޝިއާގައި އިއުލާން ކޮށްފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑާ ނުވަތަ ލޮކްޑައުން ހާލަތު ނިމެންދެން ހިލޭ އިންޓަނެޓް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގައި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާ ސަރުކާރު ގުޅިގެން އިންޓެންޓް ޑޭޓާ ހިލޭ ކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެ ގައުމުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތު ނިމެންދެނެވެ.

މިމަޝްރޫއަށް ހާއްސަކޮށް، 600 މިލިއަން މެލޭޝިއަން ރިންގިޓްގެ ބަޖެޓެއް ކަނޑައަޅުއްވާފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވަނީ ވިދާޅުވެފައެވެ. އިގުތިސޯދީ ރޫހު ދިރުވުމުގެ ޕެކޭޖުގެ ގޮތުގައި މި ބަޖެޓު ހަމަޖެހިފައިވާއިރު މި ޕެކޭޖުގެ ދަށުން، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ހުރިހާ ކަސްޓަމަރުންނަށްވެސް އިންޓަނެޓް ޑޭޓާ ހިލޭ ލިބޭނެކަން ބޮޑުވަޒީރު ވަނީ އިއުލާންކުރައްވާފައެވެ.

Advertisement
Ooredoo — Square (box)

އިންޓަނެޓް ޑޭޓާ ހިލޭ ކުރުމަށް ކަނޑައެޅި ޕެކޭޖުގެ އިތުރުން، ނެޓްވާކް ކަވަރޭޖު ރަނގަޅުކޮށް، މިހާރަށްވުރެ ކެޕޭސިޓީ އިތުރުކުރުމަށް 400 މިލިއަން ރިންގިޓްގެ ބަޖެޓެއް ކަނޑައަޅާފައިވާކަންވެސް ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މެލޭޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުން ގެ މުއްދަތުވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2161 އަށް އަރާފައެވެ. އަދި އެބަލީގައި 16 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް