ދުނިޔެ

ކޯވިޑް19ގެ ނުރައްކާތެރިކަން ޓްރަމްޕަށް އެންމެފަހުން އެނގިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުން އަރައިގަތުަމަށްޓަަކައި އެމެރިކާ ރައްޔިތުންނަށްޓަކައި 2.2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ބިލެއްގައި އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއި
ކޮށްފިއެެވެ. ބިލުގައި ސޮއި ކުރުމަށް ފަހު ޓްރަމްޕް ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް އެފަންޑު ހަމަޖެހިގެންދާނެކަމަށާއި އެންމެ އިސްކުރާނީ އެމެރިކާގެ ރައްޔިތުން ކަމަށެވެ.

Ads by WAMCO

ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ސެނެޓުން އެބިލު ފާސްކުރުމާއެކު ޕާޓީތަކުން ދެއްކި އެއްބައިވަންތަކަމަށް ގިނަ ބަޔަކުވަނީ ތައުރީފުކޮށްފައެވެ. އެއްބަޔަކަު ބުނާގޮތުގައި މިއީ 9/11 ގެ ހާދިސާއަށް ފަހު މިފަދަ އެއްބައިވަންތަކަމެއް ދެއްކި ފުރަތަމަ ފަހަރެވެ. އަދި ހާލަތުގެ ގޮތުން އެންމެ އިސްކަމެއްދޭންޖެހޭނީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރުން ކަމުގައިވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ބިލުގައި ސޮއި ޕކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވަނީ 30،000 ވެންޓިލޭޓަރު ހެދުމަށް ވެސް އަންގާފައެވެ. މި ވެންޓިލޭޓަރު ތައް ހަަދަން ހަމަޖެހިފައިވަނީ ޖެނެރަލް މޯޓޯސް ކުންފުނިންނެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެ ކުންފުންޏާމެދު ޓްވިޓާގައި ގިނަ ނުރުހުން ތަކެއް ވެސް ފާޅުކޮށްފައެވެ.

މުޅި ދުނިޔެއިން ވެސް މިހާތަނަށް ވައިރަހުގެ އެންމެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވަނީ އެމެރިކާއިންނެވެ. ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އަށް ވުރެ އެމެރިކާގައި ވައިރަސް ބޮޑަށް ފެތުރިފައިވާއިރު އެ ގައުމުގެ ރައީސް ޓްރަމްޕް ވެސް އަންނަނީ ކުރިން ވާހަކަ ދެއްކި ރާގު ބަދަލުވެ ކަމުގެ ނުރައްކާތެރިކަން ސީރިއަސްކޮށް ނަގަމުންނެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ކުރި ޓްވީޓްތަކެއްގައި ކޮރޯނާ ވައިރަހަކީ ކަންބޮޑުވެ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ދޭހަވާ އިބާރާތަކުން ވާހަކަދައްކާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!