Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޯވިޑް19 ފުރަތަމަ ޖެހުނީ ވާލަކާއެކު ޖިންސީ ގުޅުން ހިންގުމުން ކަމަށް ބުނެ ފެތުރީ ދޮގު ހަބަރެއް

ކޯވިޑް 19 ފުރަތަމަ ޖެހުނީ ވާލާއިއެކު ޖިންސީ ގުޅުން ހިންގި މީހަކަށް ކަމަށް ބުނެ ފެތުރި ހަބަރުތައް ޗައިނާގެ ޑޮކްޓަރުން ދޮގުކޮށްފިއެވެ.

ދޮގު ހަބަރުތަކާއި މައުލޫމާތު ފަތުރާ ނޫހެއް ކަމަށްވާ ވޯލްޑް ނިއުސް ޑެއިލީ ރިޕޯޓްގައި ގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައިވަނީ ޗައިނާގައި ފުރަތަމަ ކޯވިޑް19 ޖެހުނީ ވާލަކާއެކު ޖިންސީ ގުޅުން ހިނގި މީހަކަށް ކަަމަށާއި އެކަން ޗައިނާގެ ބައެއް އޮތޯރިޓީ ތަކުން ޔަގީން ކޮށްދީފައިވާ ކަމަށެވެ.

އެ ލިޔުން ޝާއިއު ކުރިތަނާ އެލިޔުން ވަރަށް ބައިވަރު މީހުން ކިޔާ، ފޭސްބުކް އަދި ސޯޝަލް މީޑިއާގެ އެހެން މަންސަތަކުގައި ޝެއަރ ވެސް ކުރިއެވެ.

Advertisement
Allied Insurance — Square (box)

އެ އާޓިކަލްގައި ބުނެފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ ޔިން ޑާއޯ ޓިންގް ނަމަކަށް ކިޔާ މީހަކު ކޯވިޑް 19 އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޕޮޒިޓިވް ވިއެވެ. އެއީ ކޯވިޑް 19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށްވެސް ބުނެފައިވެއެވެ. އެލިޔުމުގައި އިތުރަށް ބުނެފައިވަނީ ބަލި ޖެހުނު ޓެންގް އަކީ އެކިކަހަލަ ޖަނަވަރާއިއެކު ޖިންސީ ގުޅުން ހިންގާ މީހެއް ކަމަށާއި އޭގެތެރޭގައި ވާ ވެސް ހިމެނޭ ކަމަށެވެ. މީގެއިތުރުން އޭނާ ބައްޕަ އެކަމާއި ވަރަށް ލަދުގަންނަ ކަމަށް ބުނި ކަމަށް ވެސް ލިޔެފައި އޮތެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް