Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ލ. އޮޅުވެލި ރިސޯޓުގެ ބައެއް މާމެންދޫގެ އިހްތިސޯސަށް ވަންނާތީ އެ ބައި އުނިކޮށްފި 

ލ. އޮޅުވެލި ރިސޯޓުގެ ބައެއް މާމެންދޫގެ އިހްތިސޯސަށް ވަންނާތީ އެ ބައި އުނިކޮށްފި 

ސިކްސް ސެންސަސް އިން ލ. އަތޮޅު އޮޅުވެލީގައި ތަރައްގީކޮށްފައިވާ ރިސޯޓުގެ ފަޅުތެރެއިން ބައެއް އެ ރަށާ ކައިރީގައި އޮންނަ މާމެންދޫގެ އިހްތިސޯސަށް ވަންނާތީ އެބައި އުނިކޮށް އަލުން ގެޒެޓުކޮށްފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވަނީ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވަނީ ރައީސްއަށް ކަމަށެވެ.

ކައުންސިލަށް ކަނޑައަޅާފައިވާ އިހްތިސޯސްގެ ތެރޭގައި ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ނަމަ އެ ކައުންސިލެއްގެ އިހްތިސޯސުން އެ ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް އުނިވާނެ އެވެ. އަދި ފަޅު ރަށެއްގެ ބައެއް ދެ ކައުންސިލެއްގެ އިހްތިސޯސަށް ވަންނަ ނަމަ، އެ ރަށެއްގެ އިހްތިސޯސް އެ ދެ ކައުންސިލުގެ އިހްތިސޯސުން ވަކިވާނެ އެވެ.

Advertisement
HDC — Sidebar (box)

މިދިޔަ ސަރުކާރުން އިދާރާ ދާއިރާތަކުގެ އިހްތިސޯސް ކަނޑައެޅިއިރު މާމެންދޫގެ އިހްތިސޯސުގެ ތެރެއަށް އޮޅުވެލި ރިސޯޓުގެ ފަޅުތެރެއިން ބައެއް ވަދެ އެވެ.

އެހެން ކަމަށް ވުމާ އެކު އިއްޔެ ނެރުއްވި ގަރާރުގައި ރައީސް ވަނީ މާމެންދޫގެ އިދާރީ ދާއިރާގެ އިހްތިސޯސަށް ބަދަލު ގެންނަން ނިންމަވައި އެ ރަށުގެ އިހްތިސޯސުން އޮޅުވެލި އުނިކުރައްވާފަ އެވެ.

މި ބަދަލާ އެކު މާމެންދޫގެ އިހްތިސޯސުގެ ތެރޭގައި މިހާރު އޮތީ އެ ރަށާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ ހުޅިމެންދޫ އެކަންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް