Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އިމްރާންގެ ތުހުމަތެއް: މަސްތުވާތަކެތިން ފައިދާ ނަގާ ސިޔާސީ ބައެއް އެބަތިބި

އިމްރާންގެ ތުހުމަތެއް: މަސްތުވާތަކެތިން ފައިދާ ނަގާ ސިޔާސީ ބައެއް އެބަތިބި

މަސްތުވާތަކެތީގެ ވިޔަފާރި ނެޓްވޯކުތަކާއި، އެ ވިޔަފާރި ނެޓްވޯކްތަކުގައި ސިޔާސީ މީހުން އިސްކޮށް ހަރަކާތްތެރިވާ ކަމަށާއި އެ ނެޓްވޯކްތަކާ އޮންނަ ގުޅުން ކަނޑުވާލުމަށް ޓަކައި ރައްޔިތުންގެ އެހީތެރިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށް ޓަކައި މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިޔާސީ މީހުންގެ ތެރެއިން އެކަމުގައި އުޅެނީ ކޮން ބައެއްތޯ ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށެވެ.

އަދި މުޅި ދައުލަތާ ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ކޮން ބައެއްގެ ސަބަބުންކަން ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިކަމުގައި މިހާރު ރައްޔިތުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މަސްތުވާތަކެތި ހޯދައި އެ އެއްޗެހި ނައްތައިލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒުވާން ޖީލު ހަލާކުވެގެން ދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް ފުލުހުންނާ އެކި މުއައްސަސާތައް ގުޅިގެން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް