ޚަބަރު ސަރުކާރު

ބިދޭސީންގެ މައްސަލަ ހައްލު ނުވެ އޮތުމަކީ މިނިވަން ކަމަށް އެޅޭ ހުރަހަކަށް ވެދާނެ: ރައީސް 

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ހެދިފައި އޮތް ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެ ނަމަ، އެއީ މިނިވަން ކަމަށް އަރާ ބުރުލަކަށް ވެދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި، އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

އެހެންނަމަވެސް، ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތުމަށް ފަހު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު ބިދޭސީންގެ ބަޔޯމެޓްރިކް ނަގައި ޑީޕޯޓް ކުރުމާ އަދި ގަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

"އަންނަ އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން ނުގަވާއިދުން އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގޭނެ. އަޅުގަނޑު ބޭނުން މި މައްސަލައަށް ދާއިމީ ހައްލެއް އަންނަން. އެހެންނޫނިއްޔާ ހަގީގަތުގައި އެތެރެއިން މިނިވަން ކަމަށް އަންނަ ބުރުލަކަށް ވެސް މިކަން ވޭ އެބަ،" ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް 136 ރަށެއްގައި ޓީމުތައް މަސައްކަތްކޮށް، އުސޫލުން ބޭރުން އުޅޭ 10،000 އަށް ވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް ވަނީ ނެގިފައި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅުނު 4،728 ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Ads by Ooredoo
  1. ގަލަން

    ސުކުރިއްޔާ ރައީސް ގައުމާދޭތެރޭ ވިސްނާ ރައީސެއް ތިނޫނީ ފަހަކައްއައިސް ނުފެނޭ އަދި މިނިވަންކަމައް މަސަކަތްކުރާ އަންނަޖީލް ތަކައް ރައްކާތެރިކަން ހޯދާދޭން މަސައްކަތް ކުރާ ވެރިއެއް ތިޔައީ..