Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ސޯޝަލް ޑިސްޓެންސިން: އަދިވެސް ތި ތިބެނީ މާ ގާތުގައި

ޔޫކޭ ގައި ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަން ބަހައްޓަނީ މާގާތުގައިކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޔޫކޭގައި މިހާރު ބަހައްޓައި އުޅެނީ 6 ފޫޓު 6 އިންޗީގެ ގައިދުރުކަމެކެވެ.

މަސާޝޫޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ( އެމްއައިޓީއިން) ކުރި މި ދިރާސާއިން ދައްކާގޮތުގައި މަދުވެގެން 26 ފޫޓުގެ ގައިދުރުކަމެއް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެއީ މިހާރު ބަހައްޓާ ދުރުމިނަށް ވުރެ 4 ގުނަ އިތުރު ދުރުމިނެކެވެ.

ޓެލެގްރާފް އިން ރިޕޯޓުކޮށްފައިވާ މި ދިރާސާއާއި ބެހޭ ރިޕޯޓުގައި ވާ ގޮތުގައި ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ ނުވަތަ ކިނބިހި އަލާއިރު ނިކުންނަ ވައިރަލް ޑްރޮޕްލެޓްސް ސިކުންތެއްގެ ތެރޭގައި މަދުވެގެން 33 ފޫޓައި 100 ފޫޓާއި ދެމެދު ދުރުމިނަކަށް ދަތުރުކުރެއެވެ. އަދި މީގެ ސަބަބުން އޭނާގެ ވަށައިގެން 26 ފޫޓާއި 28 ފޫޓާއި ދެމެދުގެ ވައިރަހުގެ ކްލައުޑެއް އުފެދޭކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

Advertisement
Allied — Dhen Online (box)

ވައިގެ ތެރެއަށް ދޫކޮށްލެވޭ މި ވައިރަހުގެ ތިކިތައް ވައިގެ ތެރޭގައި މަދުވެގެން ތިން ގަޑިއިރު ހުންނަ ކަމަށް ވެސް މީގެ ކުރިން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަމަކީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްތަކައި އެކަކު އަނެކަކައި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ.

ކޮރޯނާ ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ، ބަލި ޖެހިފައި ހުންނަ މީހަކު ކެއްސައި ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫކޮށްލާ ކުޅު ތިކިތައް އެހެން މީހުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ވާސިލް ވެގެންނެވެ. އޭގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް