Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމުގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އޭސީސީގެ މެމްބަރުކަމަށް ހުޅުވައިލައްވައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވާ ހޯމަ ދުވަހުގެ 12:30ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 16 އަދި 17ވަނަ ދުވަހު ހެނދުނު 09:30އިން މެންދުރު 12:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އޭ.ސީސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލައްވައިފައި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން މަގާމުން ވަކިވުމާ ގުޅިގެންނެވެ.

Advertisement
Allied — Dhen Online (box)

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އޭސީސީން ނެރުނު ދިގު ބަޔާނެއްގައި ވަނީ، އެ ކޮމިޝަންގެ މެމްބަރުންނަށް ކުރާ ތުހުމަތުތަކަށް ދިފާއުވެ ޖުމްލަ 23 ނުކުތާއެއް ފާހަގަކޮށްފައެވެ.

އެގޮތުން ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވައިފައި ވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް