Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

އަށް ލައްކަ ޑޮކްޓަރުންގެ އާދޭސް ޓްރަމްޕަށް: ގައުމު ހުޅުވާނުލާ!

އެމެރިކާގެ 8 ލައްކަ ޑޮކްޓަރުން އެ ގައުމު އީސްޓާސް ފެސްޓިވަލަށް ހުޅުވާނުލުމަށް އެދި ރައީސް ޓްރަމްޕަށް ސިޓީ ފޮނުވައިފިކަމަށް ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފިއެވެ. މި ސިޓީ ފޮނުވާފައިވަނީ އީސްޓަރސް އަށް އެ ގައުމު ގެ ހުޅުވާނެކަމުގެ އިޝާރާތެއް ރައީސް ޑޮނާލްޑް ޓްރަމްޕް ކޮށްފައިވަނިކޮށެވެ.

އީސްޓަރސް އަކީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގައި ފާހަގަކުރާ ދުވަހެކެވެ.

އެ ސިޓީގައި ވާ ގޮތުން އެ ގައުމު އީސްޓާރސް ފެސްޓިވަލްއަށް ހުޅުވާލައިފިނަމަ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ގޮސްދާނެކަމުގެ އިންޒާރުވަނީ ދީފައެވެ. މީގެ އިތުރުން ވެސް ސިއްހީ ހިދުމަތްތެރިން ފުރާނަ އަތްމައްޗަށް ލައިގެން ވަމުންދާ ގުރުބާނީގެ ވާހަކަ ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ގައުމު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ މާހިރުންގެ ލަފާތަކަށް އަމަލުކޮށް އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށާއި ކުރިއަށް އޮތްތަނުގައި ވެސް ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއް ގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Ooredoo — Square (box)

މި ސިޓީވަނީ ޓްރަމްޕްގެ އިތުރުން ނައިބު ރައީސް މައިކް ޕެންސާއި ވައިޓް ހައުސް ގެ ކޮރޯނާ ޓާސްކު ފޯހުގެ އެމްބެސެޑަރ ޑެބޮރާ ބަރކްސް އަށް ވެސް ފޮނުވާފައެވެ.

މި ސިޓީގައި އެގައުމުގެ ސާޅީހަށް ވުރެ ގިނަ މެޑިކަލް އެސޯސިއޭޝަން އިން 8 ލައްކައަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ ސޮއިކޮށްފައެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާއިރު ދުނިޔޭގައި އެންމެ ހަލުއިކޮށް އެބަލި ފެތުރޭ ޤައުމަކީ އެމެރިކާއެވެ. އެމެރިކާއިން ވަނީ 123,428 މީހަކު ވައިރަހަށް ޕޮސިޓިވްވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަރުޖަމާނު މާރގަރެޓް ހެރިސް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގައި މިބަލި ފެތުރޭ ހަލުވި މިނަަށް ބަލާއިރު އެގައުމަކީ ދުނިޔޭގައި މިބަލި އެންމެ ގަދައަށް ފެތުރޭ ބަލީގެ މަރުކަޒު ކަމުގައިވުން އެކަށީގެންވާ ކަމުގައެވެ.

ޗައިނާއާއި އަޅާބަލާއިރު އެމެރިކާގައި މިބަލި ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ މިންވަރުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް