ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭ ގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރައްވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.
ރައީސްގެ އަމިއްލަފުޅު ދަތުރުފުޅަކަަށް ވާތީ ދަތުރުފުޅާ ގުޅުންހުރި އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
މީގެކުރިން ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް 3 ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ. އެގޮތުން މިދިޔަ މާޗު މަހާއި އެޕްރީލު މަހު އަދި އޮގަސްޓު މަހު އެ ގައުމަށް ދަތުރުފުޅުތައް ވަނީ ކުރައްވާފަ އެވެ.