ޚަބަރު ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި އެތެރެ ވާނީ މަދު ބައެއް، މަނާ ކުރަން ތާއިދެއް ނުކުރަން: ގެސްޓް ހައުސް އެސޯސިއޭޝަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ގެސްޓް ހައުސް އެސޯސިއޭޝަންގެ ބޭފުޅުން / ފޮޓޯ:މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވަނީ މަދު ބައެއް ކަމަށާއި، އެ ގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް ތާއިދުނުކުރާ ކަމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ބުނެފި އެވެ.

Ads by MWSC

އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބިލުގެ މަސައްކަތް ފަށާފައި އޭގެ 5 މަސް ދުވަސް ފަހުން ހިނގަމުން މިދާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ބުނީ އިޒްރޭލަކީ ގިނަ އަދަދެއްގެ މުސްލިމުން ވެސް އުޅޭ ގައުމަކަށްވާއިރު ޕާސްޕޯޓު މަނާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"އިޒްރޭލަކީ ޑުއަލް ޕާސްޕޯޓު ގެންގުޅޭ ގައުމެއް ވީމާ އަޅުގަނޑުމެންގެ ސްޓޭންޑަކީ އެއްވެސް ވަރަކަށް ތާއީދެއް ނުކުރަން. އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭން ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން،"

އެ ކޮމިޓީގައި އެސޯސިއޭޝަނުގެ މެންބަރަކު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން އޭގެ ސަބަބުން ނޭދެވޭ ނަތީޖާ ނިކުމެދާނެ ކަމަށެވެ. އޮންލައިން ޕްލެޓްފޯމްތަކުގެ މޭޖަ ޝެއާހޯލްޑިން އޮންނަނީ ޔަހޫދީ ދައުލަަތަށް ނިސްބަތްވާ ބައެއްގެ އަތުގައި ކަމަށެވެ.

އެންއެޗްޖީއޭއެމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތަކެވެ. އިޒްރޭލުން އަންނަ މީހުންގެ އަދަަދަށް އަލިއަޅުވާލާ އެ އެސޯސިއޭޝަނުން ބުނީ މިދިޔަ އަހަރު އެ ގައުމުން 10،380 މީހުން އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ މިހާތަނަށް އައީ ގާތްގަނޑަކަށް 1،200 މީހުން ކަމަށެވެ.

"މިހާ ބޮޑު ޑިކްލައިނެއް އައިއްސަ އިންދާ އަދި އަަޅުގަނޑުމެން މިކަހަލަ ކަމެއް ކޮށްފިއްޔާ އަޅުގަނޑުމެންނަށް މި ބްލޭންކެޓްކޮށް ކުރެވެން ހުއްޓާ އިޒްރޭލުގެ ރައްޔިތުންނަށް ނިސްބަތްވާ މީހުންނަށް ބޭން އެއް ގެނެެއްސިއްޔާ މީގެން އިކޮނޮމިކް އިމްޕެކްޓް ފުދޭވަރަކަށް ބޮޑުވެދާނެހެން،"

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އިނގިރޭސިވިލާތާއި ޖަރުމަންވިލާތަށް ނިސްބަތްވާ މީހުންގެ އަތުގައި ވެސް އިޒްރޭލު ޕާސްޕޯޓު އޮންނަ ކަމަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނި ގޮތުގައި ޕާސްޕޯޓު ބޭން ކުރާއިރު އޭގެ ތެރޭގައި ސިފައިން ވެސް ހިމަނަން ބޭނުންނުވާ ކަމުގަ އެވެ. ސަބަބެއް ކަމުގައި ފާހަގަކުރީ އެ މީހުން ހިމަނައިފި ނަމަ އޭގެ ތެރޭގައި ގައުމަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމުން ޝާމިލުވުން ކަމުގަ އެވެ.

"އެދުމަކީ އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް، އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭން ކުރަން. އެއީ އަޅުގަނޑުމެން ތާއީދުކުރާ ގޮތަކީ. އޭގެ ތެރޭގައި ސިފައިން ވެސް ނުހިމެނި،"

މީކާއީލް ބިލު ހުށަހެޅުއްވި ފަހުން، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.

އެފަހުން އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމްލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފުރަތަމަ ނިންމި ނަމަވެސް ކޮމިޓީން މިހާރު މަސައްކަތް ކުރަމުން ދަނީ ބިލުގެ މަސައްކަތް އަވަސް ކުރުމަށެވެ. ބިލާ ގުޅިގެން ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުން ހޯދުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ ބަސް ހޯދުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

Ads by HDC
  1. ފިރުއައުނު

    ގަތަރާއި ސައުދީ ގަ އެކައްޏެއް ނުން ފިރުއައުނު ގެ

  2. ސާބަހޭ

    ކެބިނެޓު ނިންމުން ތަކަށް އަމަލުކުރަން ވެސް ޚިޔާލު ހޯދަން ޖެހޭތޯ