ދުނިޔެ

ކޮވިޑް19: އޮމާންގެ 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19 ޖެހިގެން އޮމާންގެ 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އޮމާންގެ ހެލްތު މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ސައިފް ، އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މީގެ ކޮވިޑް19 ޖެހިގެން މީގެ ދެ ދުވަސްކުރިން 15 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ނިޔާވެފައިވާ ކަމަށާއި އެއީ އެހެން އެއްވެސް ބައްޔެއްގެ ރެކޯޑެއް އޮތް ކުއްޖެއް ނޫން ކަމަށެވެ.

މުޙައްމަދު ސައިފް ބުނެފައިވަނީ ކޮވިޑް19 ޖެހިގެން އެގައުމުން މަރުވާ ގިނަ މީހުންނަކީ 60 އަހަރުން މަތީގެ މީހުން ކަމަށާއި އެހެން ނަމަވެސް މި ބައްޔަކީ އެހެން އުމުރުތަކުގެ މީހުންނަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ، އެގޮތުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ ޒުވާނުން ވެސް ކޮވިޑް ޖެހިގެން އެގައުމުން ނިޔާވެފައިވާ ކަމަށް ސައިފް ބުނެފައިވެއެވެ.

އޮމާނުން މިހާތަނަށް 89 ހާސް މީހުންނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 780 މީހުން ވަނީ އެބަލީގައި ދުނިޔެ ދޫކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!