ޚަބަރު

‎ދަތްދޮޅީ ގައި މާސްކު އެޅުމުން ލިބެނީ ކޮން ފާއިދާއެއް ހެއްޔެވެ؟

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ އާއްމު ހާލަތަށް މި ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ގެއިން ބޭރަށް ނިކުތަސް އެތައް ޤަވާއިދު ތަކަކަށް ޢަމަލުކުރަން މި ވަނީ ޖެހިފައެވެ. ނަަމަވެސް، މި މުޖުތަމަޢުން ފެނިގެން ދަނީ ހިތާމަވެރި މަންޒަރެކެވެ. ގިނަ މީހުން، ހެދިފައި މިވާ ޤަވާއިދު ތަކަށް އަމަލު ކުރަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ.  

Ads by Sosun Fihaara

އާދޭހެވެ. މަގު މައްޗަށް ނިކުމެލިޔަސް، ފިހާރައަކަށް ވަދެލިޔަސް ފެނިގެން މި ދަނީ ދާދި އެއް މަންޒަރެކެވެ. މީހުން ތިބެނީ މާސްކު އަޅާފައެވެ. އެހެނަސް މޫނާއި ނޭފަތް ނިވާ ވާ ގޮތަކަށް ނޫނެވެ. މާސްކު އޮންނަނީ ދަތްދޮޅީގައެވެ.

ތަކުރާރުކޮށް ޓީވީއިންނާއި މީސް މީޑިއާގެ އެކި މަންސަ ތަކުން މި ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތައް ފެނިގެން ،އިވެމުން ދެއެވެ. ފަރުދީ ޒިންމާ އަދާ ކުރަން ގޮވާ އަޑު އިވިގެން ދެއެވެ. ނަމަވެސް، ގިނަ ދިވެހިން މިފަދަ އިރުޝާދު ތަކަށް ދެނީ ބީރު ކަންފަތެކެވެ.

ދަންނަވަންތޯއެވެ؟ މާސްކު އެޅުމަކީ އެހެން މީހަކު ބުނީތީ ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ނަފްސު ބަލިން ރައްކާތެރި ކުރުމުގެ ގޮތުން، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ތިމާ އާއި ތިމާގެ ލޯބިވާ މީހުން މި ބަލިން ސަލާމަތް ކުރެވޭނީ އެންމެ ފުރަތަމަ އަމިއްލައަށް ފަރުދީ ޒިންމާ އަދާ ކޮށްގެންނެވެ.

އަނގައާއި ނޭފަތް ނިވާ ނުކުރެވޭ ގޮތަށް މާސްކު އެޅުމަކީ ފޫނެތް ފަޔަތް ފެން ފުރުން ފަދަ ކަމެެވެ. އެހެނީ ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮވިޑް19 ފެތުރެނީ ވައިގެ ޒަރީޢާއިން، އެތެރެ ހަށްޓަށް އެ ވައިރަސް ގޮސްގެންނެވެ. ކަން މިހެން އޮތްއިރު، ދަތް ދޮޅީގައި މާސްކު އެޅުމާއި އެއްވެސް ގޮތަކަށް މާސްކު ނޭޅުން ޖެެހެނީ ހަމަ އެއް ތާކުއެވެ.

ދިވެހި ރާއްޖެ އަކީ ކުޑަ ޤައުމަކަށް ވިޔަސް، އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ފައްސި ވެފައިވެއެވެ. އެހެންކަމުން، ކޮވިޑް19 އިން ރައްކާތެރިވުމަށް މާސްކު އަޅަން ވީކީ ދަތްދޮޅީގައެއް ނޫނެވެ. އަނގަ އާއި ނޭފަތް ނިވާ ކުރެވޭނެ ފަދަ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!