Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ސެލޫނާއި ސްޕާތަކުގެ ސާފުތާހިރުކަން ބަލަން އިންސްޕެކްޝަނެއް ފަށައިފި

ސެލޫނާއި ސްޕާތަކުގެ ސާފުތާހިރުކަން ބަލަން އިންސްޕެކްޝަނެއް ފަށައިފި

ސެލޫންތަކާއި ސްޕާ ފަަދަ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް އިންސްޕެކްޝަނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހު ފެށި އެ އިންސްޕެކްޝަން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އިންސްޕެކްޝަނަކީ މާލެ ސަރަހައްދުގައި ހިންގަމުންދާ ޒާތީ ހިދުމަތްދޭ ތަންތަން ކަމަށްވާ ސެލޫނާއި ސްޕާ ފަދަ އާންމުންނަށް ހިދުމަތްދޭ ތަންތަނުން ހިދުމަތްދޭއިރު، އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ދަަހައްޓާގޮތް ދެނެގަތުމަށް ޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަނެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ސެލޫން އަދި ސްޕާ ހިންގާ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.

ސެލޫންތަކާއި ސްޕާތައް ހިންގުމުގެ ނަމުގައި މީގެކުރިން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެ ތަންތަނަށް ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން އެފަދަ ތަންތަނުގައި ހަށިވިއްކާ މައްސަލަ ބޮޑުވެ, އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް