މުނިފޫހިފިލުވުން ދިވެހި ސިނަމާ

"ބަޅިނދު" އިން ޔުނާން ވަކިކުރީ އެއްވެސް "މައްސަލައެއް ފެންމަތިވެފައި އޮވެގެނެއް" ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން، ޑާކްރެއިނުން އުފައްދަމުން ގެންދާ "ބަޅިނދު" ފިލްމުން ވަކިކުރި ސަބަބު އޭނާ ހާމަކޮށްފިއެވެ.

އެގޮތުން ބައެއް މީހުން ބުނަމުން ދިޔަ ގޮތުގައި ޔުނާން އެފިލްމުން ވަކިކުރީ ދާދިފަހުން ފިލްމީތަރި އައިމިނަތު ރިޝްފާ އާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން، އެއީ "އަޚްލާޤީ" މައްސަލައެއް ފެންމަތިވުމުން ކަމަށް ބުނެއެވެ.

ނަމަވެސް ޔުނާން ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.

"ދެން" އަށް މައުލޫމާތު ދެމުން ޔުނާން ބުނީ އޭނާ އެފިލްމުން ވަކިކުރީ އެއްވެސް މައްސަލައެއް ޖެހިގެން ވެސް އަދި އޮވެގެން ވެސް ނޫން ކަމަށާއި، އެފިލްމުގެ މަސައްކަތުން ވަކިވާން ޖެހުނީ އެއިރު އޭނާގެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން ގެ ބަލި ހާލު ދެރަވުމުން ކަމަށެވެ.

"ދަރިން ދޯ އެންމެ މުހިންމު ވާނީ. އެއިރު ޑައިރެކްޓަރ ޝިނާން އަށް ގުޅާފައި ބުނިން ދަރިފުޅު ބަލިވެގެން ދާން ޖެހިފައޭ މިހުރީ. އެއިރު ފިލްމުގެ މަަސައްކަތްތައް އަލުން ފެށިގެން އުޅެނީ ވެސް. ޝިނާން އެހި އާދެވޭނީ ކޮންއިރަކުންތޯ ވެސް. ބުނިން ހީވަނީ ދެ މަސް ދުވަސްވަރު ވެދާނެހެންނޭ. ދެ މަސް ދުވަހަކީ ފިލްމެއްގެ މަސައްކަތެއް ނުކޮށް މަޑުޖައްސާލާފައި ބާއްވަން ވަރަށް ގިނަ ދުވަސް. އެކަން އަޅުގަނޑަށް ވެސް ވިސްނޭ. ޝިނާން ވެސް ބުނި އެހެންވީރު އޯކޭ ދޯ އޭ ރިޕްލޭސް ކުރިޔަސް. އަޅުގަނޑުވެސް ބޭނުމެއް ނޫން އެއްވެސް މީހަކަށް ގެއްލުމެއް ލިބެން އެހެންވެ ހިތުން ރުހުމުން ބުނިން އޯކޭ އޭ. އެއީ އެއްވެސް މައްސަލައެއް ޖެހިގެން، ނުވަތަ އޮވެގެން ގެއްލުނު ފިލްމެއް ނޫން" ޔުނާން ބުންޏެވެ.

ޔުނާން ބުނި ގޮތުގައި "ބަޅިނދު" އަކީ އޭނާ ވަރަށް ކުޅެން ބޭނުންވި ފިލްމެކެވެ. ޚާއްސަކޮށް ޑާކްރެއިންގެ ފިލްމެއް ވީމަ، އިތުރަށް އޭނާ އެފިލްމު ކުޅެން ބޭނުންވިއެވެ.

"ކުޅެން ބޭނުންވެ ނުކުޅެވުނު ފިލްމެއް. އިރާދަކުރެއްވިއްޔާ އެކަމަކު އަދި ފުރުސަތު ލިބޭނެތާ ދޯ" ޔުނާން ބުންޏެވެ.

Ads by HDC
  1. ރިހުލާ

    ވަރަށް ފޫހިކޮށ ވާހަކަ ދައްކާ ސޮރެެއ. އެކްޓްކުރަނ މޮޅެއްވެސ ނޫން

  2. Dhonbe mariyabu

    E soru anbikabuleyge heevey zuvaabukuran varah molhuvaanehen