ޚަބަރު އިޖުތިމާޢީ

އާ އަހަރު ފާހަގަކުރަން ފުޑް ފެސްޓިވަލާއެކު ޑްރޯން ޝޯއެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާލޭގައި މީގެ ކުރިން ހަވާއަރުވަނީ / ފޮޓޯ: ދެން

އާ އަހަރު ފާހަގަކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ފުޑް ފެސްޓިވަލަކާއެކު ހާއްސަ ޑްރޯން ޝޯއެއް ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އާ އަަހަރު ފާހަގަކުރަން ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު "އެކްސް" ގައި ކުރި ޕޯސްޓެއްގައި އެމްއެމްޕީއާރްސީން ބުނީ، ޑިސެމްބަރު 31 ވަނަ ދުވަހު "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހި ސަގާފަތާއި އަދި ރަހަތައް ދައްކާލުމުގެ ހަރަކާތަކާއި ފަތުރުވެރިއެއްގެ ދަތުރު ދައްކުވައިދޭ 15 މިނިޓްގެ ޑްރޯން ޝޯއެއްގެ އިތުރުން ހަވާ އެރުވުންވެސް އޮންނާނެ އެވެ.

ފުޑް ފެސްޓިވަލް ކުރިއަށްދާނީ 31 ޑިސެންބަރު ވާ އަންގާރަ ދުވަހުގެ ރޭ 8:00 އިން ފެށިގެން 12:00 އަށެވެ. އަދި 1 ޖެނުއަރީ ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ. ޑްރޯން ޝޯ އޮންނަނީ 31 ޑިސެމްބަރުގެ ރޭގަ އެވެ

މި ހަރަކާތްތައް ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

ކޮންމެ އަހަރަކުވެސް އާ އަހަރު ފާހަގަކުރުމަށް ސަރުކާރާއި އެހެނިހެން އިދާރާތްތަކާއި ރިސޯޓުތަކާއި ރަށްރަށުގައި އެކި ކަހަލަ ޝޯތަކާއި ހަވާއެރުވުމާއި ހަވީރުތައް ބާއްވަ އެވެ.

Ads by Ooredoo