Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން 52 ދަތުރު ލިބޭ ކެމްޕޭނެއް ފަށައިފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން 52 ދަތުރު ލިބޭ ކެމްޕޭނެއް ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން "ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" މިއަދު ފަށައިފި އެވެ.

މި ކެމްޕޭން އިއުލާނުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހު އޮތް ޑަބްލިއުޓީއެމް ލަންޑަންގަ އެވެ. މި ކެމްޕޭންގެ ތެރެއިން މި އަހަރުގެ ކޮންމެ ހަފުތާއަކު އެއް ޗުއްޓީ ދަތުރު "ގިވްއަވޭ" އެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ މި ކެމްޕޭންގައި ބައިވެރިވެވޭނީ އޮންލައިންކޮށެވެ. ޝައުގުވެރިވާ ފަރާތްތަކުން ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް <a href="https://worldsbiggestgiveaway.visitmaldives.com/">ބައިވެރި</a>ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކެމްޕޭނުގެ ދަށުން ރާއްޖޭގެ އެކި ދާއިރާތައް ފީޗާކޮށް، މަހަކު އެއްފަހަރު މުބާރާތްތައް ވެސް ބާއްވާނެ އެވެ.

Advertisement
Allied — Dhen Online (box)

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭންގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކަށް ސަމާލުކަން ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

<img class="alignnone size-full wp-image-261826" src="https://cdn.dhen.mv/wp-content/uploads/2025/01/IMG_20250101_115449_549.jpg" alt="" width="850" height="838" />

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭންގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އެކަމުން އެކި ސަރަހައްދުތަކުގައި ހުރި ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ވެސް ފައިދާ ކުރާނެކަން ފާހަގަކުރި އެވެ.

މީގެ އިތުރުން ބުނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް މަޝްހޫރު ކުރެވިގެންދާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި މުހިންމު 25 މާކެޓުގައި ކޮންމެ ކުއާޓަރެއްގައި ހަރަކާތްތެރިވުމާއި ސަމާ ކެމްޕޭންތަކާއި ޕަބްލިކް ރިލޭޝަންސް ފުޅާކުރުމުގެ އިތުރުން އިންޑަސްޓްރީ ޕާޓްނާޝިޕްތައް ވަރުގަދަކުރުން ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް