ދުނިޔެ

ބެލްޖިއަމްގައި ފުލުހުންގެ ގަޔަށް ކެއްސާ މީހުންނަށް 2 އަހަރުގެ ޖަލު ހުކުމެއް

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޯވިޑް19 ހަލުވިކަމާއިއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ބެލްޖިއަމްގައި ފުލުހުންގެ ގަޔާއި ދިމާއަށް ކެއްސާ މީހުން 2 އަހަރު ދުވަހަށް ޖަލަށް ލުމަށް އެ ގައުމުން ނިންމައިފިއެވެ.

Ads by WAMCO

ބެލްޖިއަމްގައި ފުލުހުން ގަޔަށް ކެއްސާ ކުޅު ޖަހާ ހަދާ މީހުން ޖަލަށް ލުމަށް ނިންމީ، މީގެ ކުރިން އާއްމުން ދެފަހަރަކަށް ފުލުހުން ގަޔަށް ކުޅު ޖެހި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ބެލްޖިއަމް ސަރުކާރުން ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޯވިޑް 19 ގެ ގަވާޢިދުތަކަށް ތަބާނުވާ މީހުން 220 ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައެވެ.

އެހެންނަމަވެސް ބެލްޖިއަމުގެ ސަރުކާރުން ވަނީ ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހުން ވަރަށް ހަރުކަށި ގަވައިދުތަކެއް އެކަށައަޅާފައެވެ. އެގޮތުން ފުލުހުން ގަޔަށް ކުޅުޖަހައި ކެއްސާ މީހުން 3 މަހާއި 2 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ އެފަދަ އަމަލު ކުރާ މީހުން 2100 ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ގަސްތުގައި ކާބޯތަކެއްޗަށް ކެއްސާ ކުޅު ޖަހާ މީހުން 5 އަހަރަށް ޖަލަށް ލާ އަދި 14000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް އެ ގައުމުން ވަނީ ނިންމާފައެވެ.

ބެލްޖިއަމްގައި މިހާތަނަށް ކޯވިޑްް19 ޖެހުނު މީހުންގެ އަދަދު 13964 އަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 828 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!