Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޯވިޑް19: ހާސްކަން ފިލުވާލުމުގެ ގޮތުން ނަރުހުންގެ މިސްރާބު ޓިކްޓޮކްއަށް

ކޮވިޑް19އަށް ފަރުވާ ކުރާ ނަރުހުންނަށް ކުރިމަތިވާ ހާސްކަން ފިލުވާލުމަށް ޓަކައި ހުސްވަގުތުތަކުގައި އެމީހުން ޓިކްޓޮކް ކުޅެން ފަށައިފިއެވެ.

އެމެރިކާގެ މިސޯރީ ސްޕްރިންގްފީލްޑްގައި ހުންނަ ، މާސީ ހޮސްޕިޓަލުގެ ކާލާ ބާކަރ ނަމަކަށްކިޔާ ނަރުހެއް މިވަނީ ހާސްވުމާއި ދުރުވުމަށް ހޮސްޕިޓަލުގައި ތިބޭ ހުސްވަގުތުތަކުގައި ޓިކްޓޮކް ކުޅުމުގެ ހިޔާލު އެހެން ނަރުހުންނަށް ދީފައެވެ.

އެގޮތުން ބާކަރ ބުނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެމީހުންގެ ހާލުގައި ރަނގަޅު ކަމަށާއި ނަމަވެސް އެންމެންވެސް ތިބީ ކުޑަކޮށް ހާސްވެފައި ކަމަށެވެ. އަދި ހުރިހާ ނަރުހުން އެކީ ގުޅިގެން މަސައްކަތް ކުރާތީ ވަރަށް އުފާވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ބާކަރ އަދި އޭނާއާއިއެކު މަސައްކަތްކުރާ ނަރުހުން ނެށުމަށްފަހު
ޓިކްޓޮކްއަށް އަޕްލޯޑް ކުރި ވީޑިއޯ ވަނީ 3 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައެވެ. ބާކަރ ވަނީ އާންމުން އެމީހުންގެ ވީޑިއޯއަށް ދިން ސަޕޯޓަށް ޝުުކުރުއަދާކޮށްފައެވެ.

ބާކަރ ބުނީ އެމީހުންނަކީ ޕްރޮފެޝަނަލް ނެށުންތެރިންނަށް ނުވާއިރު އާންމުން އެމީހުން ނެށުމުގެ ވީޑިއޯ އެހާ ވަރަށް ބަލައިގަތުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަަށާއި އަދި އާންމުން އެމީހުންގެ ވީޑިއޯއަށް އެހާ ސަޕޯޓް ކުރުމުން ވަރަށް އުފާވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް