ޚަބަރު ވިޔަފާރި

ކެންސަރު ދުވަހާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ލޭ ހަދިޔާ ކުރުން--

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި އެވެ.

Ads by Hajj Corporation

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ލޭ ހަދިޔާކުރުން ކުރިއަށް ގެންދިޔައީ ނެޝަނަލް ތެލެސީމިއާ ސެންޓަރުގަ އެވެ.

ޝަކީލު "ދެން"އަށް މިރޭ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ އެ ކެމްޕޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ކަމަށެވެ.

މިސާލު ދައްކަވައި އެމްޑީ ޝަކީލުވެސް ވަނީ  ލޭ ހަދިޔާކުރައްވައިފަ އެވެ.

އެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވަ އެވެ.