Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ވިޔަފާރި

އުރީދޫގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 2.70 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 2.70 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 2.70 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ.

ޑިވިޑެންޓުގެ ގޮތުގައި 2.70 ރުފިޔާ ބަހަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 98.7 އިންސައްތައިގެ ހިއްސާދާރުންގެ ވޯޓާ އެކުގައެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިފަހަރު ބާއްވައިފައި ވަނީ ކްރޮސްރޯޑް މެރީނާގެ ޖަލްސާކުރާ މާލަމުގައެވެ. އެ ޖަލްސާގައި އަމިއްލަ ގޮތުން 101 ހިއްސާދާރަކާއި ޕްރޮކްސީ މެދުވެރިކޮށް 1101 ހިއްސާދާރަކު ބައިވެރިވިއެވެ. މި ހިއްސާދާރުން 135970376 ރުފިޔާގެ އަގުހުރި ހިއްސާ ތަމްސީލުކުރެއެވެ. އެގޮތުން އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރީ، މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވި ފަރީހާ ޝަރީފެވެ.

Advertisement
Allied — Dhen Online (box)

މިރޭ ބޭއްވި އެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމަދީ ވިދާޅުވީ ޓެލެކޮމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރުވެ، ވާދަވެރިކަން އިތުރުވުމަކުން ކުންފުނީގެ އާމްދަނީއަށް މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ މިކަމާ ގުޅޭ ދިރާސާތައް ވެސް ހަދައިފައި. އެ ދިރާސާތަކުން ވެސް ހޯދިފައެއް ނެތް އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެކަމަށް،" ހާލިދު ހަސަން އަލް ހަމަދީ ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އެމްޑީ ވިދާޅުވީ އުރީދޫގެ އައު ހެޑް އޮފީހުގެ އިމާރާތް މި އަހަރުގެ ހަތަރުވަނަ ކުއާޓަރަށް ނިންމޭނެ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް