Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ރޯދަ އުމްރާއަށްދާ މީހުންގެ ކާޑު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްފި

ރޯދަ އުމްރާއަށްދާ މީހުންގެ ކާޑު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްފި
އަންނަ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރަން ފުރާ ކޮންމެ މީހަކަށް މިހާރު އޮންނަ ކާޑު ލިމިޓުގެ އިތުރުން 1،500 ޑޮލަރު ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ. އެމަނިކުފާނު އެކަން ފާހަގަކުރެއްވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ބީއެމްއެލުގެ ޑެބިޓު ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ. އޭގެ އިތުރުން ބޭންކު މެދުވެރިކޮށް ޓިކެޓަށް 500 ޑޮލަރު ގަނެވެ އެވެ. ރައީސް ވިދާޅުވީ ރޯދަ މަހު އުމްރާއަށްދާ ދިވެހިންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
".. ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަދި MMA އަށް ދަންނަވައިފިން،" ރައީސް ކުރެއްވި ޕޯސްޓުގައިވެ އެވެ.
ގެންނަން ނިންމި ބަދަލާ އެކު، 1،500 ޑޮލަރު އިތުރަށް ދިނުމުން އުމްރާވެރިންގެ ކާޑު ލިމިޓު 1،750 ޑޮލަރަށް އިތުރުވާނެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ. ރޯދަ މަހުން ބަޔަކާއި މުޅި ރޯދަ މަހުގެ އިތުރުން ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާގެ އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް