ޚަބަރު ސަރުކާރު

ހޯލްސޭލަރުންނަށް ފިޔާ ވިއްކާ ލިމިޓު އުވާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ލޯކަލް މާރުކޭޓުގައި މީހަކު ތަކެތި ވިއްކަނީ/ ފޮޓޯ: ދެން

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވުމާ ގުޅިގެން ސަރުކާރު ހިއްސާވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލަރުންނަށް ފިޔާ ވިއްކާ ލިމިޓު އުވާލައިފި އެވެ.

Ads by STELCO

އިކޮނޮމިކް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓު ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ ފިޔާ ގެންނަ ގައުމުތަކުގެ ސަޕްލައި މަދުވުމާ ގުޅިގެން ހުސްވި ޑިސެމްބަރު މަހު ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވި ކަމަށެވެ.

އެހެންވެ މިނިސްޓްރީ ބާޒާރު ތެރެއަށްވަދެ، އެސްޓީއޯ މެދުވެރިކޮށް ފިޔާގެ ޝިޕްމެންޓުތަކެއް ގެންނަން ފަށާފައިވާ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

މިނިސްޓްރީން ހިއްސާކުރި ޕްރެޒެންޓޭޝަނުން ދައްކާ ގޮތުން ޑިސެމްބަރުން ފެށިގެން ހުސްވި ޑިސެމްބަރުން ފެށިގެން އެސްޓީއޯއިން ފިޔާގެ 6 ޝިޕްމެންޓެއް ގެނެސް ބާޒާރަށް ނެރެފައިވެ އެވެ.

"އަދި މިހާރުވެސް އިތުރަށް ގެންނަމުން ދަނީ، އެއާ އެކު އެސްޓީއޯއިން ހޯލްސޭލަރުންނަށް ވިއްކާ ލިމިޓުވެސް ވަނީ އުވާލާފައި" އެ ލިމިޓު އުވާލުމުން ފިޔާގެ އަގު ދަަށަށް ގޮސްފައިވާކަން މިނިސްޓްރީން ހިއްސާކުރި ގްރާފުން ދައްކަ އެވެ.

ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 20ރ އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރި، ފިޔާގެ އަގަށް އައި ބަދަލު ދައްކުވައިދޭ ގްރާފު

ނަޝްވާ ވިދާޅުވީ އަސާސީ ކާބޯތަކެތީގެ އަގުބޮޑުވެއްޖެނަމަ އެކަން މިނިސްޓްރީން ބަލަމުންދާނެ ކަމަށެެވެ.

ރޯދައަށް އެސްޓީއޯއިން ރާއްޖެއަށް ފިޔާ ގެނެސް ވިއްކަން ފަށާފައިވާއިރު، ކާއްޓާއި ލުނބޯވެސް ގެެނެސް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ.

ބާޒާރުގައި ކާށި އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރިއިރު، އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ކާށްޓެއް ވިއްކަން ނިންމާފައިވަނީ 5 ރުފިޔާ އަށެވެ.

އޭގެ އިތުރުން އެސްޓީއޯއިން މިހާރު ދަނީ 4 ކެޓެގެރީއެއްގެ ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވަމުންނެވެ.

އޭގެ ތެރޭގައި

  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ: ނެސްލޭ ކްރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!