އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ފަޒީނާ އައްޔަނުކޮށްފި
 
                                                        އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ގައްދޫ/ ބިލެތްމާގޭ، އައިޝަތު ފަޒީނާ އިއްޔެ އައްޔަނުކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ ފަޒީނާ ބޯޑަށް އައްޔަނުކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން އެސްޓީއޯގެ ބޯޑަށް ގެނައި ބަދަލުގެ ދަށުން ކަމަށެވެ.
ފަޒީނާ ކުރިން ވެސް ވަނީ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ މާލީ ހިންގުން ހަރުދަނާކުރުމަށް މި ސަރުކާރުން އެކުލަވާލި ފިނޭންސް ޑިރެކްޓަރުންގެ ޕޫލްގައި ވެސް ފަޒީނާ ހިމެނިވަޑައިގަންނަވަ އެވެ.
އެސްޓީީއޯގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ބޯޑުގެ ޗެއާމަންއަކީ އާމިރު މަންސޫރު އެވެ.
 
  Ads by HDC
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
