ދުނިޔެ

ކޮވިޑް-19: ލަންކާގެ ޖަލުތަކުން 2961 ގައިދީއަކު ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސްރީލަންކާގައި ބާރު ބޮޑުވެފައިވާ ޖަލުތަކުން 2961 ގައިދީއަކު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ލަންކާ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2961 ގައިދީއަކު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ކަމަށެވެ.

ލަންކާގެ ޖަލުތައް ވަނީ ފުރި ބާރުވެފައެވެ. ލަންކާ ރައީސް އޮފީހުން ބުނީ މިހާރު ވެސް ޖަލުތަކުގައި 26،000 ގައިދިން އެބަތިބި ކަމަށާއި އާންމު ގޮތެއްގައި ޖަލުތަކުގެ ޖާގަ 10،000 އަށް ވުރެ މަތި ނުވާ ކަމަށެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އަމަލުކުރަން ފެށި ހަރުކަށި ގަވާއިދުގެ ތަކުގެ ސަބަބުން ޖަލުތަކުގައި ތިބި ގައިދީން ދަނީ ހަޅުތާލު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ޖަލުގެ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަ ނުޖެހުންތަކުގައި ދެ ގައިދީއެއް މަރުވެ ހަ ގައިދީއަކު ވަނީ ޒަހަމްވެފައެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 166 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 5 މީހަކު އެބަލީގައި މަރުވެފައި ވާއިރު، 27 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!