ޚަބަރު ސަރުކާރު

ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގެންފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ފޮރިން މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ:ފޮރިން މިނިސްޓްރީ

ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގެ ތެރެއިން ބޭއްވި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ބައިވެރިވެވަޑައިގެންފި އެވެ.

Ads by STELCO

ފޮރިން މިނިސްޓަރު އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައި ވަނީ ތުރުކިއޭގެ ފޮރިން މިނިސްޓަރު ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

"ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ އެ ޕެނަލް ޑިސްކަޝަންއަކީ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން ބޭއްވި ޑިސްކަޝަންއެކެވެ.

އެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީ އާއި ސްޓޮކްހޯމް ސެންޓަ ފޮ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަ ޖަގަނަތު ޕަންޑާ ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓްރީން ބުނީ ޕެނަލް ޑިސްކަޝަންގައި ހަލީލް ވަނީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަ ދައްކަވާފައި ކަމަށެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް ޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުއްވާލައި، ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަހައްދީ އަދި މަލްޓިލެޓަރަލް ޖަމިއްޔާ ޖަމާއަތްތަކުން އަދާކުރަމުން ގެންދާ މުހިންމު ދައުރު ފާހަގަކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ޖިއޮގްރަފީގެ ގޮތުން ރާއްޖޭގެ އޮތް ސަރަހައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ މި ސަރަހައްދުގެ ފުޅާ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމުގައި ވެސް ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ކަމުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!