Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ނުވަ ރަށެއްގައި ފަށަނީ

ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ނުވަ ރަށެއްގައި ފަށަނީ

ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހު ނުވަ ރަށެއްގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާ އަދި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ނުވަ ރަށެއްގައި ކުރިއަށްގެންދެވޭނެކަން ފާހަގަކުރެއްވި އެވެ. އެއީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގުފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ސ. ހިތަދޫގަ އެވެ.

Advertisement
Ooredoo — Square (box)

އެ ރަށްތަކުގެ އިތުރުން ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާ އަދި އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ގާރީ ކޯސްތައް ބައެއް ރަށްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ ރަށްތަކަކީ ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ލ. އިސްދޫ ކަލައިދޫ އަދި ގދ. ގައްދޫ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި އުތީމާއި ކިނބިދޫ އާއި އިސްދޫ ކަލައިދޫ އަދި ގައްދޫގައި އެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުގަ އެވެ.

އެ ރަށްތަކުގެ ގުރުއާން މަރުކަޒުގެ ގޮފިތަކަށް، މަރުކަޒުން މުސާރަ ދޭ ގޮތަށް ގުރުއާން ޓީޗަރުން އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒަށް، އެ މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް