ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެނޭ: ސައީދު

ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި އެބަ ފެންނަ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ޕްރެސްގައި އެކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ބޭންކުތަކަށް މާރުކުރެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދެން ޖެހޭނީ ޑޮލަރު ސަސްޓެއިންކުރަން މަސައްކަތް ކުރަން ކަމަށާއި ޝޯޓްޓާމް ގޮންޖެހުން އޮތަސް މަސައްކަތްކުރަނީ މުސްތަގުބަލަށް ފައިދާއަށް ކަމަށެވެ.
ޑޮލަރުގެ އަގު ދަށްވެ، ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެނޭ.
މިނިސްޓަރު ދެއްވި ޔަގީންކަމަކީ ސަރުކާރު ކުންފުނިތަކުން ބްލެކް މާކެޓަށް ނުވަންނާނެ ކަމެވެ. ވިދާޅުވީ އެކަމުން ބްލެކް މާކެޓަށް ފޯލް އަންނާނެ ކަމަށެވެ. ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ކުރީގެ ސަރުކާރުތަކުން ދައްކަމުން އައި ވާހަކައެއް ކަމަށާއި އެކަމަކު އެކަން ތަންފީޒުކުރީ މި ސަރުކާރުންކަން ފާހަގަކުރެއްވި އެވެ.
އިންޑިއާ އަދި ޗައިނާ އާ ދެ ގައުމުގެ ދެމެދު އެ ގައުމެއްގެ ފައިސާއިން މުއާމަލާތް ކުރަން ފެށުމުން ވެސް ޑޮލަރު މައްސަލައަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
