Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ސީއެސްސީގެ ނައިބު ރައީސަކަށް މުޖްތާޒް އައްޔަންކުރަން ފޮނުވައިފި

ސީއެސްސީގެ ނައިބު ރައީސަކަށް މުޖްތާޒް އައްޔަންކުރަން ފޮނުވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ކޮމިޝަނަށް މިފަހުން އައްޔަންކުރެއްވި މުހައްމަދު މުޖުތާޒު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރުމުގެ މަސައްކަތުގެ މަރުހަލާ ފެށުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.

ސީއެސްސީގެ މެމްބަރު ކަމަށް މުޖްތާޒް އައްޔަންކުރައްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

Advertisement
Allied — Dhen Online (box)

މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް މުޖްތާޒް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ފޮނުއްވާފަ އެވެ.

ސީއެސްސީގެ ނައިބު ރައީސް އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ 17 ވަނަ މަޖިލިހުގައި ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ.

މުޖްތާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމު އަދާކުރައްވާފަ އެވެ. އެ ނޫންވެސް އިސް މަގާމުތައް އޭނާ ފުރުއްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް