ދުނިޔެ

ކޮވިޑް-19 ޖެހިފައިވާ އިނގިރޭސި ބޮޑުވަޒީރުގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސި ވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް، ހާލު ދެރަވުމާ ގުޅިގެން އައިސީޔޫ އަށް ބަދަލުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

Ads by WAMCO

އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅުގެ ތަރުޖަމާނަކު ވިދާޅު ބޮރިސް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ ކޮވިޑަށް ޕޮޒިޓިވްވިތާ 10 ދުވަސް ފަހުން ވެސް އެ ބަލީގެ އަލާމާތްތައް ފެންނަމުން ދިޔުމާއި ގުޅިގެން ޓެސްޓުތަކެއް ހެދުމަށާއި ނަމަވެސް އަލާމާތްތައް އިތުރަށް ގޯސްވުމާ ގުޅިގެން މެޑިކަލް ޓީމުގެ އިރުޝާދާއެކު އައިސީޔޫ އަށް ބަދަލުކޮށް ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

ބޮރިސް އަށް އައިސީޔޫގައި ފަރުވާދޭން ފަށާފައިވާއިރު އިނގިރޭސި ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑައިގެންފައި ވަނީ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އެވެ.

ބޮރިސް ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ބައްޔަށް ޕޮޒިޓިވް ވުމާއެކު ސެލްފް އައިސޮލޭޝަނަށް ބޮރިސް ވަޑައިގެންނެވިއިރު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަރުކާރު ހިންގުމުގެ ކަންކަން އޭނާ މިހާތަނަށް ދިޔައީ ކުރައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!