ވިޔަފާރި

މިނިވަންދުވަހާ ގުޅިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ހާއްސަ ސޭލްއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެސްޓީއޯ ޕީޕަލްސް ޗޮއިސް

މިނިވަންދުވަހާ ގުޅިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ހާއްސަ ސޭލްއެއް މިއަދު ފަށައިފި އެވެ.

"މިނިވަންއުފާ ސޭލް" ގެ ނަމުގައި ފެށި އެ ސޭލް އަންނަ މަހުގެ ދެވަނަ ދުވަހާ ހަަމައަށް ކުރިއަށް ދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތު ނަގައި ހޮވޭ އެއް ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ސޭލްގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުން ކަމަށެވެ.

Ads by HDC