Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

އުރީދޫއާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އުރީދޫއާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
އުރީދޫއާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ހަފުލާ ކުރިއަށް ގެންދިޔައީ މިއަދު ހަވީރު އިސްރަށްވެހިންގެ ނާދީގަ އެވެ. ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި އެ ހަވީރުގައި އެކި ހަރަކާތްތައް ގެންގޮސްފައިވެ އެވެ؛
  • އިސްރަށްވެހިންގެ ނާދީގެ ހުޅުމާލެ ގްރޫޕަކުން މަދަހަ އާއި ރައިވަރު ހުށަހަޅައިދިން
  • އިސްރަށްވެހިންގެ ނާދީގެ ހުޅުމާލޭގެ ދެ ގްރޫޕަކުން މަދަހަ އާއި ބަނދި ހުށަހަޅައިދިން
  • އިސްރަށްވެހިންގެ ނާދީގެ މާލޭގެ ގްރޫޕަކުން ދުވަހަށް ހާއްސަކޮށް ދެ ލަވައެއް؛ ޝުކުރުގެ ލަވައެއް ހިމެނޭ ގޮތަށް ހުށަހަޅައިދިން
  • އިސްރަށްވެހިންގެ ނާދީގެ މާލޭގެ ދެ ގްރޫޕަކުން ފަރިހި، ރައިވަރު އަދި މަދަހަ ހުށަހަޅައިދިން
މީގެ އިތުރުން ލުއި ކަސްރަތުގެ ހަރަކާތާއި އިސްރަށްވެހިންނަށް ހާއްސަކޮށް ބިލެތްމީރުކޮށްލުމެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް