Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އުފާވެރި ޚަބަރެއް، ސެޕްޓެމްބަރމަހު ކޮވިޑް19އަށް ވެކްސިނެއް ނެރެވޭނެކަމަށް އޮކްސްފޯޑުން ބުނެފި

ނުރައްކާތެރި ކޮވިޑް19އަށް ، މިއަހަރުގެ ސެޕްޓެމްބަރމަހު ވެކްސިނެއް ނެރެވޭނެ ކަމަށް އިނގެރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން ބުނެފިއެވެ.

އެ ޔުނިވަރސިޓީގެ ރިސާޗް ޓީމުގެ އެންމެ އިސްވެރިޔާއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންސާނުންނަށް މި ވެކްސިން ދީގެން ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށާއި ސެޕްޓެމްބަރމަހު އާންމުކޮށް ނެރެވޭނެކަމުގެ 80 އިންސައްތަ ޔަގީން ކަން އެބައޮތް ކަމަށެވެ.

ރިސާޗް ޓީމުގެ އިސްވެރިޔާ ސާރާ ޖިލްބާޓޯ މީޑިއާތަކަށް ބުނެފައިވަނީ ވެކްސިނެއް ނެރެވޭނެ ކަމަށް ކުރިން އުއްމީދުކުރީ 2020ގެ ނިޔަލަށް ކަމަށާއި ނަމަވެސް މަސައްކަތްކުރިއަށްދާ މިންވަރަށް ބަލާއިރު އެކަން ސެޕްޓެމްބަރމަހުގައި ހާސިލްވާނެ ކަމަށެވެ. އަދި އެ ޔުނިވަރސިޓީން ކުރިން ތައްޔާރުކުރި ވެކްސިން ފަދައިން މިފަހަރު ތައްޔާރުކުރާ ވެކްސިން ވެސް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އިނގެރޭސި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ކާމިޔާބުވާނެ ކަމުގެ އުއްމީދުއޮތް ވެކްސިނެއްނަމަ އޭގެ އެތައް މިލިއަން ޑޯޒެއް ތައްޔާރުކުރުމަށް ޚަރަދު ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

އޮސްޓްރޭލިއާގެ ރިސާޗް ޓީމަކުން ވެސް ވަނީ ކޮވިޑް19 އަށް ވެކްސިނެއް އުފައްދައިފިކަމަށް ބުނެފައެވެ.އަދި މިހާރު ކުރިއަށްދަނީ މީދަލަށް ދީ އެ ވައިރަސް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންކަމަށް އެ ޓީމުން ބުނެފައިވެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޖަތުގެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް19 އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނެތްއިރު އޮސްޓްރޭލިއާއާއި އިނގެރޭސިވިލާތާއެކު ޖުމްލަ 20 ގައުމަކުން މިހާރުވެސް ދަނީ އެކަމަށް ފަރުވާއެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް