ދުނިޔެ

ކޯވިޑް19: ގައިދުރުކަމަށްޓަކައި އެއްކޮޅަށް ހިނގާ މަގުތަކެއް، ޚިލާފުވާނަމަ 100 ޔޫރޯއިން ޖޫރިމަނާ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހުން ރައްކާތެރިވުމަށްޓަކައި ގައިދުރުކަން ފަހިކުރުމުގެ ގޮތުން އެމެރިކާގައި އެއްކޮޅުން ހިނގޭ މަގުތަކެއް ހަދައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ބުނާގޮތުގައި އުތުރު އެމެރިކާގެ އެންމެ ބައިބޯ ސުޓޭޓް، މެސެޗޫސެޓް ސްޓޭޓްގެ ބެވެލީ ސިޓީގައި އެއްކޮޅުން ދުއްވާ މަގުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ، މީހުން ގިނަވެ ގާތްގާތުގައި ހިނގަން ޖެހޭތީ އެކަން މަދުކޮށް ގައިދުރުކަމަށް އިސްކަން ދިނުމެވެ.

ބެވެލީ ސިޓީގެ ބައެއް މަގުތަކުގެ އިންތިޒާމަށް އަލަށް ގެނައި ބަދަލާއެކު ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވާ މީހުން 100 ޔޫރޯއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ އެސިޓީގެ ފުލުހުން ވަނީ ނިންމާފައެވެ.

ބެވެލީ މިވަގުތު އޮތީ ޒަރޫރީ ހާލަތެއްގައި ނޫނީ މަގުމައްޗަށް ނިކުމެ ނޫޅެވޭ ގޮތަށެވެ. އެހެންނަމަވެސް އެ ސިޓީގެ ފުލުހުން ބުނީ އަދިވެސް ބައެއް އާއްމުން އެކި ކަންކަމުގައި ބޭރަށް ނިކުމެ އުޅޭ ކަމަށާއި، އަދި އެކަމާއި ވަރަށް ކަންބޮޑުވާ ކަމަށެވެ. އެސިޓީގައި އެއްކޮޅުން ހިނގޭ ގޮތަށް މަގުތައް ބަދަލު ކުރުމުން 6 ފޫޓް ދުރުމިން ބަހައްޓައިގެން މީހުންނަށް ހިނގޭނެއެވެ.

އެ ސްޓޭޓުގެ ފުލުހުން ބުނީ އަދި މިހާތަނަށް އެ ގަވައިދާއި ހިލާފުވެގެން އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ވަރަށް ހިތްހަމަ ޖެހިގެން އެ ގަވައިދަށް ބޯލަނބާ ކަމަށެވެ. ބެވެލީ ސިޓީއިން 2100 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް19 ޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!