ދުނިޔެ

ކޯވިޑް19:ވަޒީފާ ގެއްލުމުން 1800 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަށް ދާންޖެހުނީ ބައިސްކަލުގައި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުން ކުރީ މިދިޔަ މާރޗް މަހުގެ 25 ވަނަ ދުވަހެވެ. އިންޑިއާގައި ލޮކްޑައުން އިއުލާން ކުރުމާއި ގުޅިގެން އެތައް މަސައްކަތްތެރިންގެ ވަޒީފާ ގެއްލި އެމީހުން ވަނީ ހާލުގައި ޖެހިފައެވެ.

Ads by WAMCO

އެގޮތުން ހައިދުރައާބާދުގައި ތާށިވެފައި ހުރި ދަރިފުޅު އަނބުރާ ގެނައުމަށް މަންމައަކު 1400 ކިލޯމިޓަރަށް ހިނގާފައި ދިޔަ ވާހަކަ ވަނީ ވަރަށް ފަހުން އަޑުއިވިފައެވެ. ދާދި ފަހުން މިވަނީ މިފަދަ އިތުރު ހާދިސާއެއް ވެސް ހިނގާފައެވެ. އިންޑިއާ ޓުޑޭގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މުމްބާއީގައި ވަޒީފާ އަދާކުރަމުން ދިޔަ ކުއްޖަކު މިވަނީ، 1800 ކިލޯމީޓަރަށް ބައިސްކަލުގައި ދުއްވާފައި އޭނާގެ އަވަށް ކަމަށްވާ އޮޑިޝާއަށް އެނބުރި އައިސްފައެވެ.

24 އަހަރުގެ މަހޭޝް ޖެނާއަކީ ޖައިޕޫރްގެ ބަޑާސޯރު އަވަށަށް ނިސްބަތްވާ ފިރިހެނެކެވެ. އިންޑިއާގައި ލޮކްޑައުން އިއުލާން ކުރިއިރު އޭނާ މަސައްކަތް ކުރަމުންދިޔައީ މުމްބާއީގައި ސިމެންތި މަސައްކަތްކުރާ މީހެއްގެ ވަޒީފާގައެވެ . ވަޒީފާ ގެއްލުމުން މަހޭޝް އަށް މުމްބާއީގައި އުޅެމުންދިޔަ ގެޔަށް ކުއްލި ދައްކާ ވަރަށް ވެސް ފައިސާ ލިބުން ބަންދުވިއެވެ. އެހެންކަމުން މަހޭޝް ނިންމީ އަތުގައި އޮތް 100 ރުޕީސް ހިފައިގެން އެނބުރި އަވަށަށް ދިއުމަށެވެ.

އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް މެދުކަނޑާލާފައި ވުމުން މަހޭޝް އެނބުރި އަވަށަށް ދާން ޖެހުނީ ބައިސްކަލުގައެވެ. ކޮންމެ ދުވަހަކުވެސް 12 ގަޑިއިރު ދުއްވާ 230 ކިލޯމިޓަރު ކަވަރު ކުރުމަށްފަހު މަހޭޝް ކުޑަކޮށް އަރާމު ކޮށްލައެވެ. އެގޮތުން އިންޑިއާ ޓްޑޭއަށް މައުލޫމާތު ދެމުން މަހޭޝް ބުނީ، އޭނާ ދަތުރުކުރި އިރު، އެހިސާބުގައި އުޅުނު ފުލުހުންނާއި އާއްމުން ވަރަށް އެހީތެރިވި ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު މަހޭޝް އޭނާގެ އަވަށަށް ދާން ފެށި ދަތުރު ނިންމާ ގެއަށް ދެވުނީ 9 ވަނަ ދުވަހެވެ. އޭނާ މިހާރު ހުރީ ކަރަންޓީނުގައެވެ. އިންޑިއާގައި އިއުލާން ކޮށްފައިވާ 21 ދުވަހުގެ ލޮކްޑައުން ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!