އޮކްޓޫބަރު މަހު އަސާސީ މުދަލުގެ އަގު % 0.98 ދަށް
މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި އަސާސީ މުދަލާއި ހިދުމަތުގެ އަގުތައް ނުވަތަ އެސެންޝިއަލް ކޮމޯޑިޓީ އިންޑެކްސް (އީސީޕީއައި) 0.98 ޕަސެންޓް ދަށްވެއްޖެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖޭގައި ރާއްޖޭގައި އަސާސީ ކާބޯތަކެތީގެ އަގުތައް ދަށްވެފައި ވަނީ ކުރީ މަހު އުފުލުމެއްގައި ހުރުމަށް ފަހުއެވެ. މިގޮތުން ކުރީ މަހު އެސެންޝިއަލް ކޮމޯޑިޓީ އިންޑެކްސްގައި ކާބޯތަކެތީގެ އަގުތައް ހުރީ 1.82 ޕަސެންޓުގ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 1.49 ޕަސެންޓަށް ވެއްޓިފައެވެ.
އަސާސީ މުދަލުގެ އެހެން ބާވަތްތަކުގެ އަގުތަކަށް އެހެން ދުވަސްވަރު އައިސްފައިވާ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު އީސީޕީއައި 2.86 ޕަސެންޓުގައި ހުރި ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 0.45 ޕަަަސެންޓަށް ވެއްޓިފައެވެ. އަދި ޕާސަނަލް ކެއާގެ އަގުތައް ހުރީ 2.99 ޕަސެންޓުގައެވެ. ނަމަވެސް މިދިޔަ މަހު ވަނީ މި ބާވަތްތަކުގެ އަގު އުފުލުން 0.18 ޕަސެންޓަށް ޖެހިލައިފައެވެ.
މަހުން މަހަށް އަގަށް އައި ބަދަލު
ސީރިއަލް އުފެއްދުންތައް - +0.13 %
މަހުގެ ބާވަތްތައް- -0.07 %
ގޭސް - +0.64 %
ބިސް - +0.38%
ތަރުކާރީ - -0.98%
މޭވާ - -7.94%
ކައްކާ ތެޔޮ - +0.36%
މާމުއި - +1.15%
މިދިޔަ މަހު އަގު ބޮޑު ވެގެން ދިޔަ ބާވަތެއްގެ ގޮތުގައި ފާހަގަ ވަނީ ގޭހާއި ތެލެވެ. މި ބައިގެ އީސީޕީއައި ސެޕްޓެމްބަރު މަހު 0.83 ޕަސެންޓަށް ދަށްވުމަށް ފަހު މިދިޔަ މަހު ވަނީ 0.64 ޕަސެންޓު އުފުލިފައެވެ.
