ދުނިޔެ

އިއްޔެ ޗައިނާއިން 99 މީހުން ކޮވިޑް-19 އަށް ފައްސިވި

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ އެކަނިވެސް ޗައިނާއިން 99 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު ބުނީ އިއްޔެ އެގައުމުން 99 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، މިއީ މާޗް މަހުގެ ހަ ވަނަ ދުވަހަށް ފަހު ޗައިނާ އިން އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ފައްސިވި ދުވަސް ކަމަށެވެ.

އިއްޔެ ފައްސިވި މީހުންގެ ތެރެއިން 97 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ބަލި އެގައުމުގައި މިދިޔަ މަހުން ފެށިގެން އޮތީ ކޮންޓްރޯލްކޮށްފައި އެވެ. މިއާއެކު މިދިޔަ ބުދަ ދުވަހު ވޫހާން ސިޓީ 76 ދުވަހުގެ ލޮކްޑައުން އަކަށްފަހު ވަނީ ހުޅުވާފައެވެ.

ޗައިނާއިން ވޫހާން ހުޅުވާލަން ނިންމާފައިވަނީ އެޤައުމުގެ ތެރެއިން ގާތްގަނޑަކަށް އެއްވެސް އާ ކޯވިޑް-19ގެ ކޭސްއެއް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ރިޕޯޓުކުރެވިފައިނުވާތީއެވެ. އެގޮތުން ފާއިތުވި މަހުގެ ތެރޭގައި ހޫބެއި ޕްރޮވިންސްގެ އެކި ހިސާބުތަށް ވަނީ ލޮކްޑައުންގެ ހާލަތުން ނަގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!