ލައިފްސްޓައިލް

ހަނީފާގެ ކޭކު ކޯސް: އަގުހެޔޮވެފައި ތަފާތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޭކު އަޅާ މީހުންނާއި ކޭކު ކޯސް ހިންގާ މީހުން އިންތިހާއަށް ގިނައެވެ. ހަގީގަތުގައި މިމަސައްކަތަކީ ގޭގައި ހުރެގެން ކޮށްލެވޭނެ، އެމަސައްކަތެއް ކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުމާއެކު ފުދޭވަރެެއްގެ އާމްދަނީ އެއްވެސް ލިބޭނެ މަސައްކަތެކެވެ.

Ads by MWSC

އެގޮތުން ކޭކު ކޯސް ހަދައިގެން ކޭކު އަޅަން ދަސްކޮށް، ފަހުން އެހެން މީހުންނަށް ވެސް ކޭކު އަޅަން ދަސްކޮށްދޭން ކޯސް ހިންގާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް "ޝެފް މޮމް" ގެ އައިޝަތު ހަނީފާ މިމަސައްކަތް ކުރަނީ މިދާއިރާއަަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް އެކަމަށް މަގުފަހި ކޮށްދިނުމަަށާއި އެކުދިންގެ މުސްތަޤުބަލުގައި ވެސް ފައިދާވާނޭހެން އުނގަންނައި ދިނުމަށެވެ.

ހަނީފާ އެންމެ ފުރަތަމަ ކޭކު އަޅަން ދަސްކުރީ އޭނާއާއެކު ކުރިން މަސައްކަތްކުރި ބައެއް ބިދޭސީ ކުދިން (އެމީހުންގެ ޤައުމުގައި ތިބެ) ކުރި މަސައްކަތްތަކުގެ ވީޑިއޯ ފެނިގެން ޝައުޤުވެރިކަން އުފެދިގެންނެވެ.

"ދެން ކޯހެއް ހެދީ. ކޯހެއް ހެދީމަ އަޅުގަނޑަށް އެނގުނީ މިއީ ވަަރަށް އުނދަގޫ ކަމެއްކަން، ބައިވަރު މީހުންތަކެއްގެ ތެރޭގައި އެކަކަށް އެނގިގެން ދާން. އެހެންވެ އަޅުގަނޑުގެ ކޯސްތައް ޓާގެޓު ކުރީ ހުރިހާ ކުދިންގެ ތެރެއިން ވެސް އެކުއްޖަކު ތަޖުރިބާ ކުރީމަ އެނގިގެން ދާނެ ކަހަލަ ގޮތަކަށް ރާވާލަން" ހަނީފާ ބުންޏެވެ.

ކޭކު އެޅުމުގެ މަސައްކަތުގައި ހަނީފާ އުޅޭތާ މިހާރު 8 އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ. ކޭކު އަޅަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކިޔަވައިދޭ ތަންތަނަށް ގޮސް ކިޔަވައިދޭ ގޮތްތައް އުނގެނިފައެވެ. ހަނީފާ ބޭނުންވީ އޭނާގެ ދަރިވަރުންނަށް ރަނގަޅަށް ވިސްނޭނޭ ފަދައިން ދަސްކޮށް ދިނުމަށެވެ.

ހަނީފާ އެންމެ ފުރަތަމަ ވެސް ކޭކު ކޯހެއް ބޭއްވީ އެކަނިވެރިމައިންނަށާއި ޚަރަދުނުކުރާ ފިރިން ތިބި އަންހެނުންނަށެވެ. އެއްވެސް އަގަކާއި ނުލާ މުޅިން ހިލެއެވެ.

"ފުރަތަމަ ފެށީ ހިލޭ ސާބަހަށް. މިކަންވޭތޯ ބެލުމުގެ ގޮތުންނާއިވެސް އެކީގަ. އެފަހަރު ކޭކު ކޯސް ބޭއްވީ އެކަނިވެރިމައިންނަށާއި، ޚަރަދުނުކުރާ ފިރިން ތިބި އަންހެނުންނަށް. ރޭގަނޑު ކުދިން ނިންދަވާލާފައި ފަސޭހައިން ދަސްކޮށްލެވޭ ގޮތަށް" ހަނީފާ ބުންޏެވެ.

ހަނީފާ މިހާރު ވެސް އޮންލައިންކޮށް ކޭކު ކޯސް ހިންގައެވެ. އެންމެ 500 ރުފިޔާއަށް، ފަސް ދުވަހުގެ ކޯހެއް ކޮންމެ ހަފްތާއަކު އޭނާ ބާއްވައިދޭއިރު ވަކި އުސޫލެއްވެސް ގެންގުޅެއެވެ.

"ކޮންމެ ބުދަ ދުވަހެއްގެ ރޭ ކޯސް ފެށޭނެ. އެންމެ ގިނަ ވެގެން ހަފްތާއަކު ބައިވެރިވެވޭނީ 10 ކުދިންނަށް. ނަމަވެސް އެހަފްތާއަކު އެންމެ ކުއްޖަކު ނަން ނޯޓު ކޮށްފައި އިންކަމުގައި ވިޔަސް އަޅުގަނޑު ކްލާސް ނަގައިދެން. ދިހަ ކުދިންނަށްވުރެ ގިނަނަމަ، އިތުރުވީ ކުދިން އަނެއް ހަފްތާއަށް ލަނީ. އެހަފްތާ ނިމޭއިރު ރަނގަޅަށް ދަސްނުވެ ހުންނަ ކުދިން ދެން އަންނަ ހަފްތާގައި ވެސް ބައިވެރި ކޮށްދެން" ހަނީފާ ބުންޏެވެ.

Geygai thibe online koh cake course hadhan beynuntha?Join online cake course 🎂 : https://invite.viber.com/?g2=AQA9Ij5Jyd72o0sXcwgkOJQU2s0QfyeIdcNneuIFt501c2Muw9TBf%2B4aiw4hIDmT on Viber

Posted by Chef Mom on Sunday, September 27, 2020

 

ެުކުޑަކުދިންނަށް ވެސް ކޯހުގައި ބައިވެރިވެވޭ ގޮތަށް ހަނީފާ ފަށާފައި މިވާ ކޭކު ކޯހުގައި ފަސް ވައްތަރެއްގެ ކޭކު އަޅާނެ ގޮތް ދަސްކޮށްދެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ފުރަތަމަ ބެޗަށް ކިޔަވާދީފައިވާއިރު، އެފަހަރު ކޯސް ބޭއްވީ މުޅިން ހިލެއެވެ. ފަހުން އަގެއް ނަގާ ގޮތަށް ހަމަޖެއްސީ ކޯހުގެ ބައިވެރީންގެ ކޮމެންޓަށް ބަލާފައި ކަމަށް އޭނާ ބުންޏެވެ.

ހަނީފާ ކުރާ މަސައްކަތަށާއި، ދަސްކޮށްދިނުމުގައި ގެންގުޅޭ ގޮތްތަކަށް އޭނާގެ ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި ތަޢުރީފު ލިބެއެވެ. އޭނާ ހިންގާ ކޭކު ކޯހުގައި ބައިވެރިވުމަށް "ޝެފް މޮމް" ފޭސްބުކް ޕޭޖުންނާއި ވައިބާ ގްރޫޕުން ވެސް ނަން ނޯޓު ކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!