ބޮޑު ކަމުދާ އެއްޗެއްްސާ ކުޑަ ކަމުދާ އެއްޗެހި ބޭނުން ކޮށްގެން ކޮވިޑް19 ޓެސްޓު ކުރަން ފަށާފާނެ
ކޮވިޑް19 ވައިރަސް ކޮންޓްރޯލު ކުރުމަށްޓަކައި ގިނަ ގިނައިން ޓެސްޓުކޮށް ވައިރަސް ޓްރޭސް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ސިއްހީ މާހިރުން ގަބުލުކުރެއެވެ. އެއާއެކު ވައިރަހަށް ޓެސްޓުކުރާ ތަފާތު ގޮތްތައް ވެސް އަންނަނީ ފަށަމުންނެވެ.
އެގޮތުން ވަރަށް އަވަހަށް ކުޑަކަމުދާ އެއްޗެއްސާއި ބޮޑުކަމުދާ އެއްޗެހި ބޭނުންކޮށްގެން ވެސް ޓެސްޓުކުރަން ފަށާނެކަމުގެ އިޝާރާތެއް މާހިރުން ވަނީ ދީފައެވެ.
މިޓެސްޓުގެ ފަހަތުގައި ވަނީ ވައިރަހާއެކު ބޮޑު ކަމުދާ ތަކެއްޗަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާގައި ވާ ގޮތުން ވައިރަހުގެ ސަބަބުން ބޮޑުކަމުދާ ތަކެއްޗަށް އަސަރުކުރެއެވެ. އަދި އެކަމުގެ ސަބަބުން ވައިރަހަށް ޓެސްްޓުކުރުމަށްޓަކައި ބޮޑުކަމުދާ ތަކެތި ބޭނުން ކުރެވޭނެ ކަން ވެސް ވަނީ ހާމަވެފައެވެ.
އެވައިރަހުގެ ދިރާސާގައި އިތުރަށް ވާ ގޮތުން ބައެއް ބަލިތަކަކީ އަލާމާތްތައް ފެނުމުގެ ކުރިން ބޮޑުކަމުދާ ތަކެތިން ވައިރަސް ބޭރުކުރާ ބަލިތަކެކެވެ. އަދި އެކަމުގެ ސަބަބުން ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވެއެވެ. ކޮވިޑް19 އަކީ ވެސް މި ފަދަ ބައްޔަކަށް ވާއިރު މިގޮތަށް ޓެސްޓުކުރަން ފަށައިފިނަމަ ކޮވިޑް19 ގެ އަލާމާތްތައް ނުފެނި ބަލި ޖެހޭ މީހުން ދެނެގަތުމަށްވެސް ފަސޭހަ ވެގެންދާނެއެވެ.
މިހާރު ކޮވިޑް19 އަށް ޓެސްޓުކުރަނީ ނޭފަތާއި އަނގައިންނެވެ.
ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑުވެފައިވާއިރު މިހާތަނަށް 1,837,785 މީހަކުވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި ވައިރަސް ޖެހިގެން 113,312 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 421,515 މީހުނެވެ.