ޚަބަރު

ޝާހު ޖަލަށްލުމުން ޒިޔާދާގެ ދަރިފުޅު ގެއިން ނެރެލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިރިމީހާގެ ފަރާތުން ޖިންސީ އަނިޔާތަކެއް ލިބި މިދުނިޔެ ދޫކުރި ގދ. ތިނަދޫ، ތޭންކް ޒިޔާދާ ނައީމް ގެ ހަގު ދަރިފުޅު ޒިޔާން އިބްރާހިމް ގެއިން ނެރެލާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

ޒިޔާން ގެއިން ނެރެލާފައި މިވަނީ މިއަދު އޭނާގެ ބައްޕަ އިބްރާހިމް ޝާހު، ތިން އަހަރު ދުވަހަށް ޖަލަށްލުމުން، ޚުދު އޭނާގެ ބައްޕައެވެ.

"ދެން" އަށް މައުލޫމާތު ދެމުން ޒިޔާން ބުނީ މިއަދު މެންދުރު 12:48 ގައި އޭނާގެ ބައްޕަ އޭނާއަށް ގުޅާފައި އުޅޭނެ އެހެން ތަނެއް ހޯދަން ބުނި ކަމަށެވެ.

"މިއަދު ރައްޓެހި ކުއްޖަކާ ދިމާކޮށްލަން އެގެއަަށް ގޮސް ހުއްޓާ، އެތަނުން 12:48 ގައި ބައްޕަ ގުޅާފައި ބުނީ ތިމަންނައަށް ނުހުރެވޭ ތަނެއްގައި ޒިޔާން ވެސް ހުންނާނެ ކަމެއް ނެތެއް ނޫންހޭ، އުޅޭނެ އެހެން ތަނެއް ހޯދާށޭ." ޒިޔާން ބުންޏެވެ.

ޒިޔާން ބުނީ އޭނާ ހުރީ ދޮންމަންމަގެ ގޭގައި ކަމަށާއި ނަމަވެސް ބައްޕަ އެހެން ބުނުމުން އެގެއިން ނިކުމެގެން މިވަގުތު ހުރީ ރައްޓެއްސެއްގެ ގޭގައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި ދޮންމަންމަ އޭނާއަށް ގޯހެއް ނޫނެވެ. އަދި އެގޭގައި ހުރި ދުވަސްކޮޅު ޒިޔާން ގެ ބައްޕަ ޝާހު ވެސް ގޯހެއް ނޫނެވެ. މިއަދު ދޮންމަންމަގެ ގެއިން ނިކުތްއިރު ވެސް، އެގެއަަށް "ވިޒިޓް" ކޮށްލަން ދޮންމަންމަ ބުނި ކަމަށް ވެސް ޒިޔާން ބުންޏެވެ.

ޝާހު އާއި އޭނާގެ އަންހެނުން ކައިރީގައި ދިރިއުޅުމަށް ޒިޔާން ދިޔައީ، އޭނާ ރިސޯޓެއްގައި އަދާކުރަމުން އައި ވަޒީފާ ކޮވިޑް-19 އާއި ގުޅިގެން ގެއްލިގެން އެވަގުތު ހުންނާނެ ތަނެއް ނެތުމުންނެވެ. ޒިޔާން ބުނި ގޮތުގައި އެގެއަށް ދިރިއުޅެން އޭނާ ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ދިޔައީ ވެސް އެގޭގައި ހުރެވޭނެ ކަމަށް ބައްޕަ ބުނުމުން ކަމަށް ވެސް ޒިޔާން ބުންޏެވެ.

Ads by Allied Insurance
  1. ބޯހަލާކު

    ކަލޯގަޔާ ތިޔަމީހާ މާފުށިސީގަ އޮތީ ކޮންމެވެސް ޕާޕާ އަކާ ކޮމެވެސް ޕޮރެސިކުޓަކާ އެކުގަޔޯ ތިމީހުންގެ އެތާތިބެގެން ރޭވި ބިޒިނަސް ޕުލޭން ކުރިޔަގެންދަން ވެގެންނޯ ޖަލުންނެރުނީ އެހެންވީމަ ތިވަރުވިކަން ވެސް ރަގަލު އެކުދިންނުކުމެ ވވވ މަސަކަތުން ސާހު ނެރުނީ އެހެންވީމަ ކުދިންނޭ އިންސާފު ވާނެ ހިސާބު ދެން ވިސްނާ ލ