ލައިފްސްޓައިލް

މިއޮތީ ބޮޑު ސުވާލުގެ ޖަވާބު: ގާސިމާއި އިންނަން ރާނިޔާ ރަންކީ ކިހާވަރަކަށް؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އުމުރުން 23 އަހަރުގެ ރާނިޔާ އަހުމަދުގެ ކައިވެނީގެ ޚަބަރުވީ އެތައް ބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ.

Ads by STELCO

ނޫސްތަކާއި މީސް މީޑިއާ ގައި ވެސް މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ގާސިމް، އޭނާއަށްވުރެ އުމުރުފުޅުން އެތައް އަހަރެއް ހަގު އަންހެނަކާއި ކައިވެނި ބައްލަވައިގަތް ވާހަކައެވެ. ހަތަރު ވަނަ އަނތްބެއްގެ ގޮތުގައެވެ.

މިޚަބަރާއެކު އެތައް ސުވާލުތަކެއް މީހުންގެ ހިތުގައި އުފެދެމުން ދިޔައިރު، އޭގެ ތެރެއިން އެއް ސުވާލަކީ ގާސިމާއި އިންނަން ރާނިޔާ ރަންކީ ކިހާ ރަކަށްބާ އެވެ.

ރާނިޔާ ރަން ކިޔާފައިވަނީ 50005 ރުފިޔާ އަށް ކަމަށް އޮންލައިން ނޫސް "ވަގުތު" އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހުރި ވިޔަފާރިވެރިންގެ ތެރެއިން އެންމެ މުއްސަނދި އެކަކު ކަމަށްވާ ގާސިމް، އުމުރުފުޅުން 73 އަހަރުގައި ހަތަރުވަނަ އަނތްބެއްގެ ގޮތުގައި ކައިވެނި ކޮށްފައިވަނީ ގާސިމް ވެސް ނިސްބަތްވާ މާމިގިލީގެ މީހަކާކަން ވަނީ ހާމަ ވެފައެވެ. މިއީ ގާސިމް ގެ ފަސް ވަނަ ކައިވެނި ކަމަށް ބައެއް މީހުން ބުނަމުން އައިނަމަވެސް އެކަން އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ރާނިޔާގެ މިއީ ފުރަތަމަ ކައިވެންޏެވެ.

ގާސިމާއި ކައިވެނި ކުރަން ރާނިޔާ 50005 ރުފިޔާއަށް ރަން ކިޔާފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ރަން ކިޔާފައި ވަނީ 7777.77 (ހަތް ހާސް ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ހަތްދިހަ ހަތް ލާރި) އަށެވެ.

Ads by HDC
  1. ރަހަތަފާތު

    ހަމަ ޔަގީނުންވެސް 7 ކައިވެނި ކޮށްފި ތީ ހަތްވަނަ އަދި ނޭގެ އެއަށްވުރެ ގިނަ ނޫންކަމެއްވެސް 7 ކަށްވުރެ މަދެއްނުވާނެ ގައިމުވެސް