Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑް19: އިޓަލީގައި މަރުވާ މީހުންގެ އަދަދު ދަށްވަނީ

ކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގައި ތެރޭގައި ހިމެނޭ އިޓަލީގައި މަރުވާ މީހުންގެ އަދަދު ދަށް ވާން ފަށައިފިއެވެ. މިއީ ފާއިތު ވި ތިން ހަފްތާ ތެރޭގައި ވެސް އިޓަލީގައި މަރުވި މީހުންގެ އަދަދު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮވިޑް19 ޖެހިގެން އިޓަލީން މިހާތަނަށް ޖުމްލަ 19899 މީހުން މަރުވެފައިވާއިރު އާދިއްތަ ދުވަހު މަރުވެފައިވަނީ 431 މީހުންނެވެ. މިއީ މަރޗް 19 ވަނަ ދުވަހު އެ ގައުމުގެ ހާލަތު ދަށްވާން ފެށިފަހުން މިހާތަނަށް އެންމެ މަދުން މަރު ރިޕޯޓުކުރެވުނު ދުވަސް ކަމުގައި އިޓަލީގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

އިޓަލީ ލޮކްޑައުން ކުރިތާ މިހާރު ފަސްވަނަ ހަފްތާއަށް އަޅާފައިވާއިރު އާދިއްތަ ދުވަހު ބައްޔަށް ޕޮސިޓިވްވި ކަމަށް ރިޕޯޓުކުރެވިފައިވަނީ 4092 މީހުނެވެ. ބައެއް މާހިރުން ބުނާ ގޮތުގައި މިއީ އިޓަލީގައި 'ކާރވް ފްލެޓު' ވާން ފެށިކަމުގެ އިޝާރާތެކެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ދުވަސްކޮޅު ކުރިއަށް ވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. އަދި މީގެ ސަބަބުން ބައްޔަށް ޕޮސިޓިވް ވާ މީހުން އިތުރު ވުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އާދިއްތަ ދުވަހާއި ހަމައަށް އިޓަލީއިން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކޮށްފައެވެ.

އިޓަލީން މިހާތަނަށް ޖުމްލަ 156,363 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް