ލައިފްސްޓައިލް ލުއި ޚަބަރު

ކޮރެއާގެ މަޝްހޫރު ސެސަމީ ލާޓޭ؛ ތަފާތު ބުއިމެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ސައުތު ކޮރެއާއަކީ މުޅި ދުނިޔެއަށް ތަފާތު ޓްރެންޑްތައް ވައިރަލްކުރާ ގައުމެކެވެ. އެމީހުންގެ ތަފާތު ކެއުންތަކާއި، އެމީހުންގެ ބިއުޓީ ޕްރޮޑަކްޓްތަކަކީ މުޅި ދުނިޔޭގައިވެސް މަގުބޫލު އެއްޗިއްސެވެ.

Ads by STELCO

ހަމަ އެގޮތަށް މިހާރު ގިނަ ގައުމުތަކެއްގައި މަގުބޫލުވަމުންދާ 'ބްލެކް ސެސަމީ ލާޓޭ'އަކީ ވެސް ކޮރެއާގައި މިހާރު ޓްރެންޑްކުރަމުންދާ ތަފާތު ބުއިމެކެވެ. މި ބުއިން މިހާ މަޝްހޫރުވެގެން މި އުޅެނީ ކޮރެއާގެ ކެއުންތައް އެހެން ގައުމުތަކުގައި ނުފޫޒުގަދަވުމުންނެވެ.

މި ކްރީމީ ކޮފީއަކީ ބްލެކް ސެސަމީ ސީޑް، ކިރު އަދި ކަޅު ކޮފީއާ އެކު ބްލެންޑް ކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. މި ބުއިން އާންމު ގޮތެއްގައި ހުންނަނީ ކަޅު ކުލައިގައެވެ.

ކޮރެއާގައި މި ބުއިން ހަދަނީ ސެސަމީ ސީޑް ޕޭސްޓާއި ކިރު އަދި އެސްޕްރެސޯ ޝޮޓެއްގައެވެ. ސާވްކުރަނީ ތަށީގެ މަތީގައި ވިޕްޑް ސެސަމީ ސީޑް ކްރީމްއާއެކުއެވެ. މި ބުއިން ހޫނުކޮށް ވެސް އަދި ފިނިކޮށް ވެސް ސާވްކުރެއެވެ.

ބްލެކް ސެސަމީ ސީޑަކީ ޒަމާނުއްސުރެ އެކިއެކި ފޮނިކާތަކެތީގައި ކޮރެއާ އަދި އީސްޓް އޭޝިއާގެ ގައުމުގަތަކުގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. އެހެންވެ، މި ކޮފީއަކީ ވަރަށް "ކޯޒީ" ބުއިމެއް ކަމަށް އެ ގައުމުގެ މީހުން ސިފަކުރެއެވެ.

މިއީ މިހާރު ސޯޝަލް މީޑިއާގެ ވެސް 'ފޭވަރިޓް' ޑްރިންކެވެ. ގިނަ ބަޔަކު މި ބުއިން ތައްޔާރުކުރާނެ ގޮތާއި، މި ބުއިމުގެ އެސްތެޓިކްސް ދަނީ ސޯޝަލް މީޑިއާގައި ޝެއާކުރަމުންނެވެ. މިހައިތަނަށް ރާއްޖޭގައި މި ބުއިން ވައިރަލްއެއް ނުވެއެވެ. ނަމަވެސް އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި މިއީ ވަރަށް މަގުބޫލު ކޮފީއެކެވެ.

Ads by Allied Insurance