ދުނިޔެ

ޓިކްޓޮކްގައި ފޭސްމާސްކަށް ހަޖޫ ޖެހި މީހަކަށް ކޮރޯނާ ވައިރަސް ޖެހިއްްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވުމާއެކު ގިނަ ބަޔަކު ވަނީ އަމިއްލަ ސާފުތާހިރު ކަމަށް ބޮޑުަ އިސްކަމެއް ދޭން ފަށާފައެވެ. އެގޮތުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކެއްސާއި ކިނބިހި އަޅާއިރު ޓިޝޫ ބޭނުން ކުރުން ހިމެނެއެވެ. ހަމައެހެންމެ ތިމާ އާއި އެހެން މީހުން ބަލިން ރައްކާތެރިކުރުމަށްޓަކައި މާސްކު އެޅުން ވެސް އިތުރުވެގެން ދިޔައެެވެ.

Ads by Sosun Fihaara

ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މީގެތެރެއިން ގިނަ ކަންތައްތައް ސީރިއަސް ކޮށް ނުނަގާ ކަމީ ހިތާމަހުރި ކަމެކެވެ.

މިގޮތުން ޓިކްޓޮކް ގައި ފޭސްމާސްކަށް ހަޖޫ ޖަހައި މަލާމާތްކުރި 25 އަހަރުގެ ޒުވާނަކު ވަނީ ދާދި ފަހުން ވައިރަހަށް ޕޮސިޓިވްވެފައެވެ. މި މީހާ މިހާރުވަނީ ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

މި ޒުވާނާ ވަނީ މީގެ ދެތިން ހަފްތާ ކުރިން ޓިކްޓޮކް ގައި ޕޯސްޓުކުރި ވިޑިއޯ އެއްގައި މާސްކުއަޅާ މީހުންނަކީ މޮޔައިން ކަމުގައި ސިފަކޮށް އިތުބާރުކުރަންވީ ހެއްދެވި ފަރާތަށް ކަމަށާއި ފޮތިކޮޅަކަށް ނޫން ކަމުގައި ބުނެފައެވެ.

މި މީހާ އެންމެ ފަހުން ޓިކްޓޮކްގައި ޕޯސްޓުކުރި ވީޑިއޯގައި އޭނާ ވައިރަހަށް ފައްސިވި ވާހަކައާއި ހުރިހާ މީހުންވެސް އޭނާ ބަލިން ރަނގަޅުވޭތޯ ދުއާ ކޮށްދިނުމަށް އެދިފައިވެއެވެ.

ޑޮކްޓަރުން އަންނަނީ އޭނާގެ ފަރާތުން ވައިރަސް އަރާފައި ހުރެދާނެ އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ވެސް ޓިކްޓޮކް ގައި މަޝްހޫރުވި ޗެލެންޖަކާއެކު ފާހާނާ ތަށީގައި ދޫލައި ވައިރަސް ނުޖެހޭނެ ކަމަށް ބުނި ގިނަ ބަޔަކަށް ވަނީ ވައިރަސް ޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!