ރާއްޖޭގެ ޖުމްލަ ރިޒާވް 886.5 މިލިއަން ޑޮލަރަށް
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް 886.5 މިލިއަން ޑޮލަރަށް އުފުލިއްޖެއެވެ.
މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ ރިޒާވްގައި ހުރީ 866.3 މިލިއަން ޑޮލަރެވެ. މިއީ 20.2 މިލިއަން ޑޮލަރު ނުވަތަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި 2024 ނޮވެމްބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 616.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު ހުރި 866.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 270.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި ނޮވެމްބަރު މަސް ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 220 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ.



ތި ކަމެއް ނޭގެ، ސަރުކާރުގަ ޑޮލަރު އެބަހުރި އެކަމަކު އާންމު ރައިޔުތު މީހާއައް މިހާރު ބީއެމްއެލް ކާޑު ތަކުން ދީފައިވަނީ އޮންލައިން ބޭނުން ކުރަން 250 ޑޮލަރު ގެ ލިމިޓެއް، އޭގެ އިތުރުން އަލިއެކްސްޕްރެސް އަދި ޓީމޫ ކަހަލަ އަގުހެޔޮކޮއް ލިބޭ ސައިޓަކުން ރޯދައައް ބަދިގެއައް ސާމާނު އޯޑަރ ކުރިއަސް އެ 250 ޑޮލަރުން 30% ޗާޖް އެބަ ކަނޑާ. އެހެންމާ މި ނޫސްގެ ރައިޓަރުންވެސް މި އާންމުނައް ލިބޭ ދަތިތަކައް ފޯކަސްކޮއް ތި ރިސާވް ބޮޑުވި ވާހަކައާ މެދު އާޓިކަލް އެއް ލިޔަންވީ އެންނު. ހުރިހާ އެންމެނަކީ ރަނގަޅު ރުފިޔާ ލިބޭ ބައެއް ނޫން މި ހާލަތުގަ އޮންލައިންކޮއް އެއްޗެހި ގަނެވޭ ގޮތް ވިއްޔާ ވަރަށް ފަސޭހަ. އަދި ތެދެއް އެންމެން އަތަކު ބީއެމްއެލް ކްރެޑިޓް ކާޑެއް ވެސް ނޯންނާނެ.