ދުނިޔެ

ކޮވިޑް-19 ސްވައިން ފުލޫއަށްވުރެ 10 ގުނަ ބާރުގަދަ: ޑަބްލިއުއެޗްއޯ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 އަކީ ކުރިން ފެތުރުނު ސްވައިން ފުލޫ އަށްވުރެ ވެސް 10 ގުނަ ބާރުގަދަ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ބުނެފިއެވެ.

Ads by WAMCO

2009 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުނު ސްވައިން ފުލޫ ވައިރަސް ވަނީ، 1.6 މިލިއަން މީހުންނަށް ޖެހި، އެ ބަލިޖެހިގެން 18449 މީހުން މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑިރެކްޓަރ ޖެނަރަލް ޓެޑްރޮސް އަދާނަމް ޖެބްރޭސަސް ވަނީ ސްވައިން ފުލޫ ވައިރަހަށް ވުރެ ކޯވިޑް19 ފަތުރާ ވައިރަހުގެ ބާރު ގަދަ ކަމަށް ވިދާޅުވެފައެވެ. ޓެޑްރޮސް އެފަދައިން ވިދާޅުވީ، ސްޕެއިން އަދި އިޓަލީ ފަދަ ގައުމުތަކުން ކޯވިޑް19 ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތައް އުވާލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވީ، މީހުންނަށް ކަންކަން ސާފުކޮށްދެވޭނީ އެނގޭ މިންވަރަކުން ކަމަށާއި، ފިޔަވަޅު އެޅޭނީ ފެންނަ ކަންކަމަށް ބަލާފައި ކަމަށެވެ. އަދި ކޯވިޑް19ގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ ހާލަތު އޮތްގޮތުން މި ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު އެނގިގެން ދާކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޓެޑްރޮސް ވިދާޅުވީ، ކޯވިޑް19 ވަރަށް އަވަހަށް ފެތުރިގެންދާ ކަމާއި ވައިރަހުގެ ނުރައްކާތެރިން އެންމެންނަށް އެނގޭ ކަމަށެވެ. އަދި އެ ވައިރަސް މީހުން އެއްތަނަކަށް ގިނައިން އެއްވެ އުޅެންޏާ ވެސް ފެތުރުމުގެ ފުރުސަތު ބޮޑުކަން އެންމެންނަށް އެނގޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!