Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ހަމަނުޖެހުން ހިނގީ ޕާކިސްތާނުގެ އަމަލުތަކުގެ ސަބަބުން: ތާލިބާނުން

ހަމަނުޖެހުން ހިނގީ ޕާކިސްތާނުގެ އަމަލުތަކުގެ ސަބަބުން: ތާލިބާނުން

އަންގާރަ ދުވަހު ބޯޑަރު ކައިރީގައި ހިނގި ހަމަނުޖެހުން ހިނގާފައިވަނީ ޕާކިސްތާނުން ކަންތައް ކުރި ގޮތުން ކަމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން ހާމަކޮށްފިއެވެ.

ސަރުކާރުން ވަނީ ހަމަނުޖެހުންތަކުގެ ފަހަތުގައިވާ ސަބަބެއްގެ ގޮތުގައި ޕާކިސްތާން ސިފައިން އެމީހުންގެ ބޯޑަރުގައި ސަލާމަތީ ޕޯސްޓެއް ހަދަން މަސައްކަތް ކުރުމުން ކަމަށް ބުނެފައެވެ.

ބޯޑަރު ކައިރީ ހިނގި މި ހަމަނުޖެހުމުގައި ދެފަރާތުން ވެސް އެތައް ބަޔަކު މަރުވި ކަމަށާއި އޭގެ ތެރޭގައި މަދުވެގެން ތިން ޕާކިސްތާނުގެ ސިފައިން ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

"ޕާކިސްތާނުގެ ސިފައިން މަސައްކަތް ކުރީ އެ ލައިން ކައިރީގައި އަސްކަރީ ޕޯސްޓެއް ހަދަން،" ތާލިބާނުންގެ ތަރުޖަމާނު ބިލާލް ކަރީމީ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލު ކޮށްފައިވަނީ އަފްޣާނިސްތާނުގެ ޕަކްޓިއާ ޕްރޮވިންސާއި ޕާކިސްތާނުގެ ކުއްރަމް ސަރަހައްދުގައެވެ.

ކަރީމީ ވިދާޅުވީ އަފްޣާނިސްތާނުގެ ބައެއް ކަމާބެހޭ ފަރާތްތަކުން ޕާކިސްތާނުގެ ބޯޑަރު ޕޯސްޓް ހަދާ ކަމަށް ބުނާ އޮފިޝަލުންނާ ވާހަކަ ދައްކަން ދިޔަ ނަމަވެސް އެ އޮފިޝަލުންނަށް ބަޑިޖަހާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އަފްޣާނިސްތާނުގެ ސަރުކާރުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމަށް ދެ ގައުމުގެ ލީޑާޝިޕާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް