މިދިޔަ އަހަރު ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަށް ބޮޑު ކުރިއެރުމެއް
ރާއްޖޭގެ އާންމު އިންޝުއަރެންސް ދާއިރާ 2025ވަނަ އަހަރު ނިންމާލާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް އާމްދަނީ ނުލިބޭ މިންވަރެއްގެ އިތުރުވުމާ އެކު ބޮޑު ކުރިއެރުމެއްގައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކަށް ލިބުނު ޖުމްލަ ޕްރީމިއަމް ވަނީ 803.0 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 456.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 75 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
މި ދާއިރާއަށް އައި ކުރިއެރުން
ނެޓް ޕްރީމިއަމް: ރީ-އިންޝުއަރެންސަށް ފަހު ކުންފުނިތަކަށް ސާފު އާމްދަނީގެ ގޮތުގައި ލިބުނު ޕްރީމިއަމް ވަނީ 369.3 މިލިއަން ރުފިޔާއަށް އިތުރުވި
އިންޝުއަރެންސް ޑެންސިޓީ: މީހަކަށް ޖެހޭ އިންޝުއަރެންސްގެ ނިސްބަތް ނުވަތަ 'އިންޝުއަރެންސް ޑެންސިޓީ' ވަނީ 91.9 ޑޮލަރަށް އުފުލިފައި
އޮޕަރޭޓިން ރިޒަލްޓް: މި މުއްދަތުގައި އިންޝުއަރެންސް ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 145.4 މިލިއަން ރުފިޔާ ވަނީ ލިބިފައި
އާމްދަނީ އިތުރުވި ނަމަވެސް، މި ކުއާޓަރުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރި އަދަދު ވަނީ 219.8 މިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު (243.6 މިލިއަން ރުފިޔާ) ކުޑަވުމެކެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މާލީ ދުޅަހެޔޮކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


