ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ ޔުނާން އަދި ރިހޫ އަށް ފުލުހުން ހިމާޔަތް ދީފި
ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން އަދި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) އަށް ފުލުހުން ހިމާޔަތް ދީފިއެވެ.
ޔުނާން ގެ އާއިލާގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ތުހުމަތުކޮށް، އިއްޔެ ހަވީރު އެއާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މިތުހުމަތާއި ގުޅިގެން މިއަދު ހަވީރު އާއްމުންގެ ގިނަ ބަޔަކު ވަނީ ޔުނާން އާއި ރިހޫ ދިރިއުޅޭ ގެ ކައިރިއަށް ގޮސް އެދެމީހުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ.
ފުލުހުންގެ ކާރަށް އަރުވައިގެން ދެމީހަކު ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މިސް މީޑިއާ ގައި ވެސް ވަނީ އާއްމު ވެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ ކުޑަ ކުއްޖަކާއި ގަދަކަމުން ބަދު އަޚްލާގީ ޢަމަލު ހިންގި އިތުރު ދެމީހެއްގެ މައްސަލަ އިއްޔެ ހަވީރު ހުށަހަޅާފައިވާ ކަމަށާއި މިކަމާއި ގުޅޭގޮތުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ހައްޔަރު ނުކުރާނަމަ ކާރަށް އަރުވައިގެން ގެންދިޔައީ ކޮން ބައެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުން ފަހުން ވިދާޅުވެފައި ވަނީ އެސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަންގައި ގެންދިޔައީ އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެމީހަކު ކަމަށެވެ.
ެިރިހޫ އަދި ޔުނާން ގެ މައްޗަށް ޔުނާންގެ އާއިލާއިން ކޮށްފައިވާ ތުހުމަތާއި ގުޅިގެން މިއަދު ހަވީރު އެގޭ ކައިރިއަށް ގިނަ އަދަދެެއްގެ މީހުން ވަނީ އެއްވެ އަޑުގަދަކޮށްފައެވެ.
ފުލުހުންގެ ކާރަށް އެދެމީހުން އަރުވާއިރު، އެމީހުން "މަރާލަން" ވެސް ބަޔަކު ގޮވި އަޑު އެމަންޒަރު ދައްކުވައިދޭ ވީޑިއޯއިން ވަނީ އިވިފައެވެ.
އިސްލާމީ ސަރީއަތެއް ނެއް ތާގަ ކުއް ވެރިންނައް ހިމާޔަތާ ހިއްވަރު ދޭނެ މީހުން ތިބޭނެ