Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ބިހާރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިންޑިޔާގެ ބިހާރް ސްޓޭޓުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފިއެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ބިހާރުގައި މަނާކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ބިހާރުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮފް ހެލްތް އިން ބުނީ އެ ސްޓޭޓުގައި ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުންކުރުން މަނާކޮށްފައިވަނީ ދުންފަތުގެ ސަބަބުން މީހުން ގިނައިން ކުޅު ޖަހާތީ ކަމަށެވެ. އަދި ކުޅުގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރޭތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިހާރުގައި ކުޅުޖެހުންވެސް ވަނީ މަނާކޮށްފައެވެ. އަދި ކުޅުޖަހައިފި ނަމަ، ނުވަތަ ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ، އެކަމުގެ އަދަބެއްގެ ގޮތުގައި 6 މަހަށް ޖަލަށްލުމަށް ވަނީ ނިންމާފައެވެ.

Advertisement
Allied Insurance — Square (box)

ބިހާރުގެ އިތުރުން ހަރިޔާނާ، އުއްތަޕްރަދޭޝް އަދި އުތަރަކާންދުގައިވެސް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަންނަ މޭ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިންޑިޔާވެސް ވަނީ ފުރަބަންދު ކޮށްފައެވެ. މިހާތަނަށް އިންޑިޔާއިން ޖުމްލަ 11,487 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް މި ބަލީގައި 393 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް